ކ. މާލެ
|
8 ފެބްރުއަރީ 2023 | ބުދަ 10:51
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިންގ ކޮމިޝަން
މިހާރު
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަން
ނޫސްވެރިޔާ ނުޒުހާގެ ނަން ހިމެނޭހެން 5 ބޭފުޅެއްގެ ނަން ބްރޯޑްކޮމް އަށް
ބްރޯޑްކޮމް އަށް ފޮނުވާފައިވަނީ އާމިނަތު ނުޒުހާ، ހުސެއިން އަމްރު، ޝާން ސާލިހު މުހައްމަދު، މަރްޔަމް ނަރީމާން ޝަރީފް، މަރްޔަމް މުނާގެ ނަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ފަސް ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި 5 ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުން ގދ.ތިނަދޫ ސަނީޑޭލް އަހުމަދު ގައިސް، 8 ޖަނަވަރީ 2023 ގައި އިސްތިޢުފާދެއްވުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވާތީއެވެ. ބްރޯޑްކޮމްއަށް މެމްބަރުން އައްޔަންކުރުމަށް ރައީސް އިސްކަން ދެއްވާ ތަރުތީބަކީ

1) އާމިނަތު ނުޒުހާ، ރިވޯޑް / ހއ.ހޯރަފުށި

2) ހުސެއިން އަމްރު، ވ.ރޯޝަން

3) ޝާން ސާލިހު މުހައްމަދު، ފިނިވަދީ / ދ.ކުޑަހުވަދޫ

4) މަރްޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ / ގދ.ތިނަދޫ

5) މަރްޔަމް މުނާ، ބޯގަންވިލާ / ސ.ފޭދޫ

ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ނަންތައް ފޮނުއްވަން ޖެހެއެވެ.

މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ 6 މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި އަމްޖަދު ވަހީދާއި އަލީ ޔޫސުފާއި އާމިނަތު އަމީނާއާއި މުހައްމަދު ފަޒީންގެ އިތުރުން ޝިފްލާ އިބްރާހީމެވެ.

- ކޮމެންޓް