ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 08:48
ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތައް
ތުރުކީއަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތައް
ރޮއިޓާރސް
ތުރުކީ-ސީރިއާ ބިންހެލުން
ސީރިއާ އާއި ތުރުކީއަށް އައި ބިންހެލުމާ ގުޅިގެން އެތައް ހާސް ގެއެއް ހަލާކުވެފައިވުން އެކަށީގެންވާ ކަމަށް ޔުނިސެފުން ބުނެފި
 
ތުރުކީގައި އެކަނިވެސް މަދުވެގެން 5،606 އިމާރާތް ވެއްޓިފައިވޭ

ތުރުކީ އާއި ސީރިއާ އަށް ހޯމަ ދުވަހު އައި ބިންހެލުމާ ގުޅިގެން އެތައް ހާސް ގެއެއް ހަލާކުވެފައިވުން އެކަށީގެންވާ ކަމަށް ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތައް ހާސް ގެއެއް ހަލާކުވެ، އާއިލާތައް ގެދޮރު ދޫކޮށްދާން ޖެހިފައިވަނީ ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށްވުރެ ދަށަށް ވެއްޓޭ ދުވަސްވަރެއްގައި ކަމަށެވެ. އަދި ސީރިއާ އާއި ތުރުކީގެ ބައެއް ހިސާބުތަކަށް ވެސް ދާދި ފަހުން ބޯކޮށް ސްނޯގެ ތޫފާންތަކެއް އައިސްފައިވާއިރު، ފިނިހޫނުމިން ސުމަކަށްވުރެ ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޔުނިސެފްގެ ބަޔާނުގައިވެއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއެކު 4000 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ. ތުރުކީގައި އެކަނިވެސް މަދުވެގެން 5،606 އިމާރާތް ވެއްޓިފައިވާ ކަމަށް ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ބުނެއެވެ. ސީރިއާގެ އުތުރުން ވެސް މިފަދަ ރިޕޯޓްތައް ލިބިފައިވެއެވެ.

އަދި ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ އިތުރުން އެހެން މެޑިކަލް އަދި އެޑިއުކޭޝަން ފެސިލިޓީތަކަށް "ހަލާކުވެ ނުވަތަ ހަލާކުވެފައިވުން" އެކަށީގެންވާ ކަމަށް ޔުނިސެފުން ބުނެއެވެ.

ޔުނިސެފުން ތުރުކީ ސަރުކާރާއި ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓާ ގުޅިގެން ކާރިސާގެ އިޖާބަ ދިނުމުގެ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޔުނިސެފްގެ ބަޔާނުގައި ބުނެފައިވަނީ ސީރިއާގެ ކުޑަކުދިންނަށް ދުނިޔޭގެ އެންމެ އުނދަގޫ އިންސާނީ އެތައް ހާލަތަކާއި ކުރިމަތިލާން ޖެހިފައި އެބަހުރި ކަމަށެވެ. އަދި އިގްތިސާދީ ހާލަތު ގޯސްވެ، ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ކުރިއަށް ދިޔަ ހަމަނުޖެހުންތަކާއެކު އެތައް ތަނެއް ހަލާކުވެ އާބާދީ ވަނީ އެކި ހިސާބުތަކަށް ވިއްސިވިހާލެވިފައި ކަމަށެވެ. މީގެ އިތުރުން ފެނުން ޖެހޭ ބަލިތަކުގެ ސަބަބުން ކުޑަކުދިންނާއި އާއިލާތަކަށް މަރުގެ އިތުރު އިންޒާރެއް ދެމުންދާކަމަށް ޔުނިސެފުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް