ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަސްވަނަ ރިޔާސީ ބަޔާން މިވަނީ ހޯމަ ދުވަހު އިއްވަވާފައެވެ. ރައީސް ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރި 5 ވަނަ އަހަރު ގުނަމުންދާއިރު، ރިޔާސީ ބަޔާނުގައި ރައީސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން މިހާތަނަށް ކުރައްވާފައިވާ ކަންކަމާއި އެކަންކަމުގެ ނަތީޖާ ހިއްސާކުރައްވާފައެވެ. ކުރަމުން އަންނަ ކަންކަމާއި، ނިމިފައިވާ ކަންކަމާއި، 10 އަހަރު ވާއިރު ރާއްޖެ އޮންނާނެ ގޮތުގެ މަންޒަރެއް ކުރައްސަވާފައެވެ. ފާއިތުވި 4 އަހަރަކީ އޭގެ ކުރިން ހިނގައިދިޔަ އަހަރުތަކަށްވުރެ ހަމަޖެހުމާއި އާންމު މަސްލަހަތަށް އިސްކަން ދެއްވި ހަތަރު އަހަރު ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އާންމު މަސްލަހަތު ދެމެހެއްޓެވުމަށްކަމަށެވެ.
"ސަރުކާރަށް ހައްތަހާވެސް ތިބޭނީ ހަމަހަމަ ދިވެހި ރައްޔިތުން"ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި، ރައްޔިތުންނަށްޓަކައި ކޮށްދެއްވި ކަންކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއަށް ގެންނަން ވައުދުވެވަޑައިގަތީ ބޮޑު ބަދަލެއްކަމަށާއި، އެއީ ވަކި ތަރުތީބަކުން ގެނެވި އިންތިޒާމްކޮށްގެން ނޫނީ ޒަމާންތަކަށް ދެމިނޯންނާނެ ފަދަ ބަދަލެއްކަމަށެވެ. އެ ބަދަލުގެ ފަހަތުގައި ވަނީ ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާއި ބާއްޖަވެރިކަން ކަމަށާއި، ތަނަވަސްކަމާއި ފުދުންތެރިކަމާއި ތިޔާގިކަން ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ހިންގާ ސިޔާސަތުތަކުގައި ތަފާތެއް އޮވެގެން ނުވާނެކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ އަމާޒެއް އޮންނަންވާނެ ކަމަށެވެ.
ރިޔާސީ ބަޔާނުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތައް:
- ސްކޫލްތަކުގައި ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުން.
- ތައުލީމީ ދާއިރާއާގުޅޭ އިތުރު 509 އުމްރާނީ މަޝްރޫއު ދަނީ ހިނގަމުން.
- މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުސަތު ވަނީ ފަހިވެފައި.
- 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފައިވޭ.
- ކުރިން %5ގައި ހުރި އިދާރީ ފީ %1ށް ކުޑަކޮށް، ލޯނު އަނބުރައި ދެއްކުން 20 އަހަރަށް އިތުރުކުރުން.
- 6000ށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާއި މަސައްކަތުގެ މާހައުލަށް ފައްކާކުރުމުގެ މަޝްރޫއު ދަނީ ހިންގަމުން.
- ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި، ހއ. ދިއްދޫ ޖޫނިއަރ ކޮލެޖްގެ އަމަލީ މަސައްކަތް ދަނީ ހިނގަމުން.
- ކ. ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި، ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް ވަނީ ކޮންޓްރެކްޓަރާ ހަވާލުކުރެވިފައި.
- މޭ މަހުގެ 1ން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ.
- ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެ.
- މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ.
- އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަޖިލީހުގެ މި ދައުރަށް ސަރުކާރުން ފޮނުވާނެ.
- އެންމެ ބޭނުންޖެހިފައިވާ 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް އިމާރާތްކޮށް ފުރިހަމަ ކުރެވިއްޖެ.
- 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރ ސެޓް އަލަށް ބެހެއްޓިއްޖެ.
- ކުރިއަށް އޮތް 2 އަހަރު ތެރޭގައި ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެ.
- މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި ފުވައްމުލައް އަދި އައްޑޫ، އާރްޓީއެލްގެ ނިޒާމުން ގުޅާލާނެ.
- އަންނަ މަހު ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވޭނެ.
- މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯރޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު މެދުތެރޭގައި ފެށޭނެ.
- އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއަރޓަރގައި ނިންމުން.
- އައްޑޫ އިންޓަރނޭޝަލް އެއަރޕޯރޓްގެ އަމަލީ މަސައްކަތް ފެށުމަށް މިފެބްރުވަރީ މަހު ހަވާލު ކުރެވޭނެ.
- މިދައުރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 16758 އެނދު އިތުރު ކުރެވިއްޖެ.
- 1 މާރިޗު 2022ން ފެށިގެން، މަސްގަންނަ އަގު ބޮޑު ކުރި.
- ހުސްވި 2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރު.
- ޖުމްލަ 46 ރަށެއްގެ 800އަށްވުރެ ގިނަ ދަނޑުވެރިން ވަނީ އެގްރޯނެޓްގެ ނެޓްވޯރކާ ގުޅިފައި.
- މާލޭ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް ނިންމުން.
- އަތޮޅުތެރޭގައި އިމާރާތްކުރެވޭ ހައުސިންގ ޔުނިޓްތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭމަހުގެ ނިޔަލަށް އެއްކޮށް ނިންމާނެ.
- 30 އެނދުގެ ހޮސްޕިޓާ 12 ރަށެއްގައި، އަދި 50 އެނދުގެ ހޮސްޕިޓާ 6 ރަށެއްގައި އިމާރާތްކުރާނެ.
- ރާއްޖޭގެ 5 ސަރަހައްދެއްގައި މެންޓަލް ހެލްތު ޚިދުމަތް ގާއިމުކޮށްފައިވޭ.
- މާލެއާއި އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ގާއިމުކޮށް، ޚިދުމަތްދޭން ފަށާފައިވޭ.
- ކޮމިއުނިޓީ ހެލްތު ވޯކަރުންނާއެކު އަލުން އަނބުރާ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުން.
- ފަރުވާ ދިނުމާއި މުޖުތަމައަށް އަނބުރާ އައުމުގެ އިތުރު ޕްރޮގްރާމެއް މާލެ ފިޔަވާ 4 ސަރަހައްދެއްގައި ދަނީ ހިނގަމުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން، ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މިހަފުތާ ތެރޭގައި ހުޅުމާލޭގައި ހުޅުވޭނެ.
- މުޅިން އަލަށް ގާއިމުކުރެވުނު 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ.
- 50ށްވުރެ ގިނަ އައުޓްޑޯ ޖިމް ގާއިމްކޮށްފައިވޭ.
- މިއަހަރުގެ ނިޔަލަށް، ރާއްޖޭގެ ޖުމްލަ 130 ސަރަހައްދެއް ހިމާޔަތްކުރެވޭނެ.
- މި 5 އަހަރުގެ ތެރޭގައި ޖުމްލަ 42.6 މެގަވޮޓްގެ އަވި ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ.
- ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ކުރިއަށްއޮތް 5 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ.
- މާރިޗު މަހުގެ ތެރޭގައި ވަން-ގަވް ޚިދުމަތް ލޯންޗް ކުރެވޭނެ
- ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް މި ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ.
- ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގެ މަސައްކަތްތައް ރިޔާސީ ކޮމިޝަނުން ދަނީ ކުރަމުން.
- އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާގުޅޭ 14 މައްސަލައެއް ވަނީ ކޯޓަށް ހުށަހެޅިފައި.
- ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ގާއިމް ކުރެވޭނެ.
- އދ. މަޖިލީހުގައި ހިމެނޭ ގައުމުތަކުގެ 94 އިންސައްތަ ގައުމާއެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވޭ.
- ދިވެހިންނަށް މިހާރު ވިސާއާ ނުލައި ދުނިޔޭގެ 89 ގައުމަކަށް ދަތުރު ކުރެވޭނެ.
- ތިލަމާލެ ބްރިޖްގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް އެބަދޭ.
- 2028 ނިމޭއިރު، ރާއްޖޭގެ އިގްތިސާދު ދެގުނަ ވެގެންދާނެ.
ތައުލީމު:
- ސްކޫލްތަކުގައި ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1578 ކްލާސްރޫމާއި، 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުން.
- ތައުލީމީ ދާއިރާއާ ގުޅޭ އިތުރު 509 އުމްރާނީ މަޝްރޫއު ދަނީ ހިނގަމުން
- މިއަދާ ހަމައަށް 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެފައިވޭ.
- މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފައިވޭ.
- ކުރިން %5ގައި ހުރި އިދާރީ ފީ %1ށް ކުޑަކޮށް، ލޯނު އަނބުރައި ދެއްކުން 20 އަހަރަށް އިތުރުކޮށްފައިވޭ.
- ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި، ހއ. ދިއްދޫ ޖޫނިއަރ ކޮލެޖްގެ އަމަލީ މަސައްކަތް ދަނީ ހިނގަމުން
- ކ. ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި، ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކުރެވިފައި
މުސާރައަށް ހެޔޮ ބަދަލުތަކެއް:
- މޭ މަހުގެ 1ން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ.
- ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން އެލަވަންސް ލިބެންފަށާނެ.
- މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ.
- ޕޭ ހަރމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ.
ކަރަންޓާއި އިއާދަކުރަނިވި ހަކަތަ:
- 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވޭ.
- 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރ ސެޓް އަލަށް ބެހެއްޓިފައިވޭ.
- ކުރިއަށް އޮތް 2 އަހަރު ތެރޭގައި ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެ.
ދަތުރުފަތުރު:
- މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި ފުވައްމުލައް އަދި އައްޑޫ، އާރްޓީއެލްގެ ނިޒާމުން ގުޅާލާނެ.
- އަންނަ މަހު ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވޭނެ.
- މާފަރު ބައިނަލްއަގުވާމީ އެއަރޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިފައިވޭ.
- ފ. މަގޫދޫ އަދި މ. މުލީ އެއަރޕޯރޓް ލަސްވެގެން މިއަހަރުގެ ނިޔަލަށް ނިމޭނެ.
- އަލިފުށީ އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިފައިވޭ.
- މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯރޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު މެދުތެރޭގައި ފެށޭނެ.
- ރ އަތޮޅު ދެކުނު ބިތުގައި ތަރައްގީކުރެވޭ އެއަރޕޯޓާއި ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއަރޕޯޓްތަކާއެކު، މުޅި ރާއްޖެ ވައިގެ މަގުން ގުޅާލައި ނިމޭނެ.
- އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއަރޓަރގައި ނިންމުން.
- އައްޑޫ އިންޓަރނޭޝަލް އެއަރޕޯރޓްގެ އަމަލީ މަސައްކަތް ފެށުމަށް ފެބްރުވަރީ މަހު ހަވާލުކުރެވޭނެ.
- ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ބައިނަލްއަގުވާމީ ޒަމާނީ ދެ އެއަރޕޯރޓް ތަރައްގީކުރެވޭނެ.
އިގްތިސާދު:
- މިހިނގާ އަހަރަށް ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ 8.2 އިންސައްތައިން.
- ޖަނަވަރީ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި އެއް މަސްދުވަހުގެ ތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް.
- 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 81 ބިލިއަން ރުފިޔާއިން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ.
- 2028 ވަނަ އަހަރު ދައުލަތުގެ އާމްދަނީ 45 ބިލިއަން ރުފިޔާއަށް އެރުވޭނެ.
ފަތުރުވެރިކަން:
- 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒު.
- މި ދައުރުގައި މިހާތަނަށް 16،758 އެނދު ވަނީ އިތުރުކުރެވިފައި.
- 2028 ވަނަ އަހަރާ ހަމައަށް ރާއްޖެއަށް އަހަރަކު 3.5 މިލިއަން ޓޫރިސްޓުން އަންނާނެ.
މަސްވެރިކަމާއި ދަނޑުވެރިކަން:
- ހުސްވި 2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރު.
- މިދިޔަ އަހަރު މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި.
- މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާއި ޔޫރަޕްގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު.
- ޖުމްލަ 46 ރަށެއްގެ 800އަށްވުރެ ގިނަ ދަނޑުވެރިން ވަނީ އެގްރޯނެޓްގެ ނެޓްވޯރކާ ގުޅިފައި.
- އެއްބަސްވުމުގެ ދަށުން، ކޮންޓްރެކްޓް ފާމިންގގައި 485 ދަނޑުވެރިން ދަނީ ހަރަކާތްތެރިވަމުން.
- އަމާޒަކީ މިއަހަރުގެ ނިޔަލަށް ޖުމްލަ 750 ދަނޑުވެރިން އެ މަސައްކަތް ފަށައި، އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިއުން.
ބޯހިޔާވަހިކަން:
- މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅި.
- ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހެޅި.
- މިއަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރާނެ.
- މާލޭ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް ނިންމުން.
- 249 ފަރާތަކާއެކު ހައުސިންގ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައިވޭ.
- އަތޮޅުތެރޭގައި އިމާރާތްކުރެވޭ ހައުސިންގ ޔުނިޓް ތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭ މަހުގެ ނިޔަލަށް އެއްކޮށް ނިންމާނެ.
- އިތުރު 2200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގައި ދަނީ ހިނގަމުން.
ސިއްހީ ޚިދުމަތް:
- ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެއަށް ރިފަރކުރި ބަލިމީހުންގެ 24 އިންސައްތަ ދަށްކުރެވިއްޖެ.
- ގދ. ތިނަދޫ، ލ. ގަން، އަދި ރ. އުނގޫފާރުގެ ޓާރޝަރީ ހޮސްޕިޓަލަށް ހަގީގީ މާނައިގެ ޓާރޝަރީ ބަދަލު ސަރުކާރުން ދަނީ ގެންނަމުން.
- 30 އެނދުގެ ހޮސްޕިޓާ 12 ރަށެއްގައި، އަދި 50 އެނދުގެ ހޮސްޕިޓާ 6 ރަށެއްގައި އިމާރާތް ކުރާނެ.
- ކޮމިއުނިޓީ ހެލްތު ވޯކަރުންނާއެކު އަލުން އަނބުރާ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް މުޅިރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަލުން ފެށުން.
މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުން:
- ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް މިދިޔަ މާރިޗް މަހު މާފުށީ ޖަލުގައި ފަށައިގެން ކުރިއަށް އެބަދޭ.
- ފަރުވާ ދިނުމާއި މުޖުތަމައަށް އަނބުރާ އައުމުގެ އިތުރު ޕްރޮގްރާމެއް މާލެ ފިޔަވައި 4 ސަރަހައްދެއްގައި ދަނީ ހިނގަމުން.
އިޖުތިމާއީ ރައްކާތެރިކަން:
- އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދެވޭ މަދަދުވެރިން ތަމްރީންކުރުން މިއަހަރުވެސް ކުރިޔަށްދާނެ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް ޖޫން މަހުން ފެށިގެން ބޮޑުކުރާނެ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން، ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މިހަފުތާ ތެރޭގައި ހުޅުމާލޭގާ ހުޅުވޭނެ.
ކުޅިވަރާއި މުނިފޫހިފިލުވުން:
- ޒަމާނީ ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް ހުޅުވިއްޖެ.
- ގެނެވޭ ޒަމާނީ ބަދަލަށްފަހު މި މަހުގެ ތެރޭގައި ނެޝަނަލް އާރޓްގެލެރީ ހުޅުވާލެވޭނެ.
- މުޅިން އަލަށް ގާއިމުކުރެވުނު 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެ.
- ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ދަނީ ބާއްވަމުން.
- ގެއްލި، ނެތި، އުވެމުންދާ އާސާރުތައް ހިމާޔަތް ކުރުމަށްވެސް ސަރުކާރުން ވަކި ޕްރޮގްރާމެއް ދަނީ ހިންގަމުން.
ތިމާވެށި ރައްކާތެރިކަން:
- މިއަހަރުގެ ނިޔަލަށް ، ރާއްޖޭގެ ޖުމްލަ 130 ސަރަހައްދެއް ހިމާޔަތްކުރެވޭނެ.
- މި 5 އަހަރުގެ ތެރޭގައި ޖުމްލަ 42.6 މެގަވޮޓްގެ، އަވިން ހަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ.
ޓެކްނޮލޮޖީ:
- ރާއްޖޭގެ އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލާ އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްގީއައުން މުހިންމު.
- ފްރާންސްގެ މާސޭއިން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް ކުރިއަށްއޮތް 5 މަހުގެ ތެރޭގައި ރާއްޖެއަށް އެއްގަން ކުރެވި، ސެޕްޓެންބަރު މަހުގެ ނިޔަލަށް މި ސަބްމެރިން ކޭބަލްގެ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ.
- އަންނަ މާރިޗު މަހު ޑިޖިޓަލް އައިޑީ ލޯންޗް ކުރެވޭނެ.
- އަންނަ މާރިޗު މަސްތެރޭ ވަން-ގަވް ޚިދުމަތް ލޯންޗް ކުރެވޭނެ
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވާނެ.
ރައްޔިތުންގެ މަޖިލިސް:
- ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް މި ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ.
- އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަޖިލީހުގެ މިދައުރަށް ސަރުކާރުން ފޮނުވާނެ.
މަރުތަކަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް:
- ރިޔާސީ ކޮމިޝަނުން ހިންގި، އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމި ޕޯޓުގައިވާ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުން.
- ރިލްވާނުގެ މައްސަލާގައި ދައުވާލިބޭ 3 ފަރާތެއް ހައްޔަރުކޮށް، ކޯޓު މަރުހަލާ ވަނީ ފެށިފައި.
- ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގެ މަސައްކަތްތައް ރިޔާސީ ކޮމިޝަނުން ދަނީ ކުރަމުން.
- އިތުރު މައްސަލަތަކުގެ މަސައްކަތްވެސް ކޮމިޝަނުން ދަނީ ކުރަމުން.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ:
- އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާގުޅޭ 14 މައްސަލައެއް ވަނީ ކޯޓަށް ހުށަހެޅިފައި.
- 5 ފަރާތަކަށް ކުރެވުނު ޖުމްލަ 43 ދައުވާއެއް ކޯޓުގައި ވަނީ ސާބިތުވެފައި.
- އިތުރު 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށް އެބަދޭ.
- ގުޅުންހުރި އިތުރު 53 މައްސަލައެއް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އެބަ ގެންދޭ.
- 8 މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމުގެ ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް، އޭސީސީއާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން ކުރިއަށް އެބަ ގެންދޭ.
ދާޚިލީ ކަންކަމާއި އަމަން އަމާންކަން ބެލެހެއްޓުން:
- ފާއިތުވި އަހަރު ފުލުހުންގެ 18 މަރުކަޒެއް ހުޅުވި ޚިދުމަތް ދޭން ފެށުނު.
- ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ގާއިމްކުރެވޭނެ.
- 100އަށްވުރެ ގިނަ ރަށުގައި ނެއިބަރހުޑް ޕޮލީސިން ތައާރަފް ކުރެވިއްޖެ.
- ރާއްޖޭގެ ފުލުހުންގެ އޮފިސަރަކު ފުރަތަމަ ފަހަރަށް އިންޓަރޕޯލްގައި މަސައްކަތްކުރަމުން އެބަ ގެންދޭ.
- އެއްގަމާއި ކަނޑާއި ވައިގައި ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެނެސްދެނީ، އެޚިދުމަތްތަކުން.
- 25610 އެތައް އޮޕަރޭޝަނެއް ފާއިތުވީ 4 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހިންގާފައިވޭ.
ޚާރިޖީ ގުޅުން:
- އދ. މަޖިލީހުގައި ހިމެނޭ ގައުމުތަކުގެ 94 އިންސައްތަ ގައުމާއެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވޭ.
- މި.އަހަރުން ފެށިގެން 2025އާ ދެމެދު އޮންނަ އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މި ދައުރަށް ރާއްޖެ މިވަނީ ހޮވިފައި.
- ރާއްޖޭން ބޭރުގައި ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި އޮނަރަރީ ކޮންސިލުން މެދުވެރިކޮށް، ދުނިޔޭގެ 21 ތަނަކުން ދިވެހިންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތްތައް މިހާރު ލިބޭނެ.
- ދިވެހިންނަށް މިހާރު ވިސާއާނުލައި ދުނިޔޭގެ 89 ގައުމަކަށް ދަތުރުކުރެވޭނެ.