ކ. މާލެ
|
6 ފެބްރުއަރީ 2023 | ހޯމަ 15:09
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ރާއްޖެއެމްވީ
ފަތުރުވެރިކަން ކުރިއެރުން
2028 ވަނަ އަހަރާ ހަމައަށްދާއިރު އަހަރަކު 3.5 މިލިއަން ފަތުރުވެރިން އަންނާނެ - ރައީސް
2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ
2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ
މިއަދު ފަށާ، ހިންގާ، ނިންމަމުން މިދާ މަޝްރޫޢުތަކަކީ އެހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބު

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީޚުގައި ކުރިމަތިވި އެންމެބޮޑު އިޤްތިސާދީ ގޮންޖެހުންތައް ތަހައްމަލު ކުރަންޖެހުނު ތިން އަހަރު ކަމަށެވެ. ކޮވިޑް19 ގެ އާލަމީ ބަލިމަޑުކަމާއެކު ދިވެހި ރާއްޖޭގެ އިޤްތިސާދު ހުއްޓިގެން ދިޔަ ކަމަށެވެ.

އަދި ކުރެވުނު މަސައްކަތާ ކުރަން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރެދޭ ހަގީގަތްތަކެއް އެބަފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފެންނަނީ ދިވެހިރާއްޖޭގެ ހާލަތު ރަނގަޅު އިޤްތިޞާދެއްގެ މައްޗަށް ބިނާވާ މަންޒަރު ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ ކަމަށެވެ. އެގޮތަށް އެކަން އެވަނީ ހަމަ ހުރެފައެއް ނޫން ކަމަށާއި، މިއަދު ފަށާ، ހިންގާ، ނިންމަމުންދާ މަޝްރޫޢުތަކަކީ އެހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބު ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް ކަމަށެވެ. 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ، ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ ކަމަށެވެ.

އިޤްތިސާދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށްލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ތަންފީޒު ކުރަމުންދާ މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ހުރިހާ ސިޔާސަތެއް ގޮސްނިމެނީ މި ވިދާޅުވި ނަތީޖާ ހާސިލްކުރުމަށް ކަމަށެވެ. އެނަތީޖާ ލިބޭއިރު، ވާ މާބޮޑު ރަނގަޅެއް އޮންނަ ކަމަށާއި އެއީ ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި އައު ސިނާއަތުތައް އުފެދި، މުޖުތަމަޢުގެ ހަމަޖެހުމާ އަމާންކަން ހެދި ފޯދި، ތަފާތުތައް ނެތި ދާނެ ނަތީޖާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް