ކ. މާލެ
|
6 ފެބްރުއަރީ 2023 | ހޯމަ 13:05
އާރުޓީއެލް ފެރީ - މިއަހަރު ދެކުނު އެއްކޮށް ގުޅާލެވޭނެ
އާރުޓީއެލް ފެރީ - މިއަހަރު ދެކުނު އެއްކޮށް ގުޅާލެވޭނެ
އެމްޓީސީސީ
ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުން
މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި ފުވައްމުލަކު އަދި އައްޑޫ އާރްޓީއެލުން ގުޅާލާނެ - ރައީސް
އައްޑޫ އިންޓަރނޭޝަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށުމަށް މިފެބްރުވަރީ މަހު ޙަވާލު ކުރެވޭނެ
ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލުން ގުޅާލާނަން
ފ. މަގޫދޫ އަދި މ. މުލީ އެއަރޕޯރޓް ލަސްވެގެން މިއަހަރުގެ ނިޔަލަށް ނިމޭނެ

މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި ފުވައްމުލަކު އަދި އައްޑޫ އާރްޓީއެލްގެ ނިޒާމުން ގުޅާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހު ވިދާޅުވީ ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީވެ އިގްތިސާދީ ހަރަކާތްތަކަށް ފައްކާވަމުންދާއިރު، ވާންޖެހޭ ގޮތެއް އޮންނަ ކަމަށެވެ. އެއީ އެރަށްތަކުގެ ގޮނޑުދޮށާއި ހަމައިގައި ހުއްޓިފައި އޮންނަ އިގްތިސާދު މުޅި ރާއްޖެއަށް ފަތުރާލުން ކަމަށެވެ. އެކަން ކުރެވޭނީ އިތުބާރާ ޔަޤީންކަން އޮތް ބަދަހި ދަތުރުފަތުރުގެ ނިޒާމަކުން ކަމަށާއި އެއްރަށް އަނެއްރަށާއި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅި، މުޅި ރާއްޖޭގައި އެކީއެކަށް ހިނގާ އިޤްތިޞާދީ އިންޖީނަކީ ދަތުރުފަތުރުގެ ނިޒާމް ކަމަށެވެ. އަދި އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ގަތާލެވޭ ގަތާލުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު–އާދެ! ހަމަ ކޮންމެ ދުވަހަކު، އެދަނީ އާރްޓީއެލްގެ ނިޒާމުން އަމުނާ ގަތާ ބަދަހިވަމުން. އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާ ފުވައްމުލަކު، އަދި އައްޑޫ، އާރްޓީއެލްގެ މި ނިޒާމުން ގުޅާލާނެ. މިގޮތަށް ކުރިއަށް ގޮސް ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލުން ގުޅާލާނަން. އާރުޓީއެލްގެ މިނީބަހުގެ ޚިދުމަތް މާލެ ސަރަހައްދާއި ބޮޑެތި ރަށްތަކުގާ ފެށިއްޖެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއަރޕޯރޓެއް ގާއިމުކުރުމުގެ މަޝްރޫޢު ދަނީ ކުރިއަށް ކަމަށެވެ. އަދި ހޯރަފުށީ އެއަރޕޯޓު ހުޅުވިއްޖެ ކަމަށާއި، އަންނަ މަހު ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވޭނެ ކަމަށެވެ.

މީގެ އިތުރުން މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓުގެ އެކްސްޕޭންޝަން މަސައްކަތް ފެށިއްޖެ ކަމަށާއި، ފ. މަގޫދޫ އަދި މ. މުލީ އެއަރޕޯރޓް ލަސްވެގެން މިއަހަރުގެ ނިޔަލަށް އިރާދަ ކުރެއްވިއްޔާ ނިމޭނެ ކަމަށް ރައީސް ވިދާޅުިއެވެ.

އަލިފުށީ އެއަރޕޯޓަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް ފެށިއްޖެ. މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯރޓަށް ބޭނުންވާ ބިން އިތުރު ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު މެދު ތެރޭ ފެށިގެންދާނެ. އަދި މީގެއިތުރަށް ރ. އަތޮޅު ދެކުނު ބިތުގައި ތަރައްޤީކުރެވޭ އެއަރޕޯޓާ، ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއަރޕޯޓްތަކާއެކު މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ މާލެ ސަރަޙައްދުން ބޭރުގައި ހިންގޭ އެއަރޕޯރޓު އެޅުމުގެ އެންމެ ބޮޑު ދެ މަޝްރޫޢު ދަނީ ކުރިއަށް ކަމަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށިއްޖެ ކަމަށާއި، އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ މިއަހަރުގެ ފަހު ކުއަރޓަރގައި ނިންމުން ކަމަށެވެ.

އަދި އައްޑޫ އިންޓަރނޭޝަލް އެއަރޕޯރޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އިރާދަކުރެއްވިއްޔާ މިފެބްރުވަރީ މަހު ޙަވާލު ކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ އެންމެ އުތުރާއި، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްގީ ކުރެވޭ ބައިނަލްއަގްވާމީ ޒަމާނީ ދެ އެއަރޕޯރޓް ކަމަށެވެ.

- ކޮމެންޓް