ކ. މާލެ
|
6 ފެބްރުއަރީ 2023 | ހޯމަ 11:45
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް އޮފީސް
ރިޔާސީ ބަޔާން 2023
ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމުރާނީ މަޝްރޫޢު ކުރިއަށްދޭ - ރައީސް
 
މުދައްރިސުންނަށް ބޭނުންވެ މިހާތަނަށް ނުވެހުރި ވަރަށް ގިނަ ބޭނުންތައް ފުރިހަމަކޮށްދެވިއްޖެ
 
ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުން

ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމުރާނީ މަޝްރޫޢު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ގައުމު އާރާސްތުވާނީ ޒުވާނުން ބިނާވެގެން ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރާ ޚާއްސަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވީ ތަޢުލީމީ ނިޒާމް މުޅިރާއްޖޭގާ އެއްހަމަކުރުމަށްޓަކައި ފުރަތަމަ ބޭނުންވީ އެކަމަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކުރަން ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކު ކަމަށެވެ. އަދި ކްލާސްރޫމް ނެތިގެން، ފުރާޅު ހިޔާނުވެގެން، އަތްވާއި ވާރޭގާ ގަހެއްގެ ދަށުގައި އިންނަ ގޮނޑިއެއްގައ އެ ކުއްޖާ ބައިންދާކަށް ނޫން ކަމަށެވެ. ސްކޫލްތަކުގައި ކިޔަވަން ތިބި ދަރިވަރުންގެ އަދަދާއި، ލިބެންހުރި ވަސީލަތްތަކާ ދިމާނުވުމުން ކުރިމަތިވާ ދަތިތައް ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1578 ކްލާސްރޫމާއި، 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުން. މީގެ އިތުރަށް ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމުރާނީ މަޝްރޫޢު އެދަނީ ހިނގަމުން ނިމެމުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުން ކަމަށެވެ. އަދި އެ މުދައްރިސުންނަށް ބޭނުންވެ މިހާތަނަށް ނުވެހުރި ވަރަށް ގިނަ ބޭނުންތައް ފުރިހަމަކޮށްދެވިއްޖެ ކަމަށެވެ. އަދިވެސް ކުރިއަށްއޮތް ތަނުގާ ކުރިއަށް ގެންދަންޖެހޭ ތަޢުލީމީ ދާއިރާގެ މިފަދަ މަޝްރޫޢުތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތެއް ނެތް. އެހެންނަމަވެސް މިއަދުގެ އުފަލަކީ، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދެވިފައި އޮތްކަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ރާއްޖެއަށް ގެންނަން ވަޢުދުވެވަޑައިގެންނެވީ ބޮޑު ބަދަލެއް ކަމަށެވެ. އެއީ ވަކިތަރުތީބަކުން ގެނެވި، އިންތިޒާމް ކޮށްގެންނޫނީ ޒަމާންތަކަށް ދެމިނޯންނާނެ ފަދަ ބަދަލެއް ކަމަށެވެ. އެބަދަލުގެ ފަހަތުގައިވަނީ ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާއި ބާއްޖަވެރިކަން ކަމަށާއި، ތަނަވަސްކަމާއި ފުދުންތެރިކަމާއި ތިޔާގިކަން ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ހިންގާ ސިޔާސަތުތަކުގައި ތަފާތެއް އޮވެގެން ނުވާނެ ކަމަށާއި، އަމާޒެއް އޮންނަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް