ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 12:00
ބާސެލޯނާ އަށް ކުޅެމުން އަންނަ މެސީ (ވ) އަދި އޭނާގެ އަންހެނުން ރޮކުޒޯ
ބާސެލޯނާ އަށް ކުޅެމުން އަންނަ މެސީ (ވ) އަދި އޭނާގެ އަންހެނުން ރޮކުޒޯ
ޓްވިޓަރ
މެސީ ކައިވެނިކުރުން
މެސީ އެންމެ ފަހުން ކައިވެނިކޮށްފި
ކައިވެނީގެ ހަފްލާގައި 250 އަށްވުރެ މީހުން ބައިވެރިވި
ފަހުގެ ތާރީހެއްގައި އާޖެންޓީނާގައި ބާއްވި ބޮޑު ކައިވެނީގެ ހަފްލާ

ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އޭނާގެ ލޯބިވެރިޔާ އެންޓޮނެލާ ރޮކުޒޯއާ ކައިވެނިކޮށްފި އެވެ.

މެސީ އާއި ރޮކުޒޯ ކައިވެނިކޮށްފައި ވަނީ ހުކުރު ދުވަހު އާޖެންޓީނާގެ ސިޓީއެއް ކަމަށްވާ ރޮޒާރިއޯގެ ލަގްޒަރީ ހޮޓަލެއްގައެވެ. މި ކައިވެނީގެ ހަފްލާއަކީ އާޖެންޓީނާގައި ފަހުގެ ތާރީހެއްގައި ބޭއްވުނު އެންމެ ވަރުގަދަ ހަފްލާކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 30 އަހަރުގެ މެސީ އާއި ރޮކުޒޯއާ ކައިވެނިކޮށްފައިވާއިރު، އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. އަދި ދެ ކުދިން ވަނީ ލިބިފައެވެ. 

މި ކައިވެނީގެ ހަފްލާގައި މަޝްހޫރު ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މެސީއާ އެކު ބާސާގައި ކުޅުނު ސެސް ފެބްރިގާސް، ޒަވީ ހެނާންޑޭޒް، ކާލޮސް ޕިޔޯލް އަދި އާޖެންޓީނާގައި އެއްކޮށް ކުޅޭ ސާޖިއޯ އަގުއެރޯ ވެސް ވަނީ ބައިވެރިވެފައެވެ.

މި ކައިވެނީގެ ހަފްލާގައި 250 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ރަތްދޫލާގައި އެންމެންނަށް ވަނީ މަރުހަބާ ކިޔާފައެވެ. އެންމެ ފުރަތަމަ ކައިވެނީގެ ހަފްލާއަށް އައީ ބާސާ އަށް ކުރިން ކުޅުނު ލެޖެންޑް ސެމުއެލް އެޓޫ އެވެ.

މި ކައިވެނީގެ ހަފްލާ ކުރިޔަށް ދިޔައިރު ހޮޓެލް ކައިރީގައި ފޯރި މެރުމަށް 400 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ހޮޓެލް ކައިރިޔަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޖަމާވެ މެސީ އަދި ރޮކުޒޯ އަށް މަރުހަބާ ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް