Advertisement
ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 10:50
އަލިފުށީ އަލަށް ގެނައި ޖަނަރޭޓަރ ރަށަށް ބާލަނީ: މިހާރު ވަނީ ކަރަންޓް ދޫކުރަން ފަށާފައި
އަލިފުށީ އަލަށް ގެނައި ޖަނަރޭޓަރ ރަށަށް ބާލަނީ: މިހާރު ވަނީ ކަރަންޓް ދޫކުރަން ފަށާފައި
ރާއްޖެއެމްވީ
އަލިފުށި ކަރަންޓް މައްސަލަ
އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި
ކަރަންޓް ދޫކުރަން ފެށީ މިއަދު ހެނދުނު
ރޭ ކަރަންޓް ދޫކުރަން ބުނިނަމަވެސް އެކަން ރޭ ކާމިޔާބު ވެފައެއް ނުވޭ
މިހާރު ވަނީ ރަށުގެ ހުރިހާ ހިސާބަކަށް ކަރަންޓް ދޫކުރަން ފަށާފައި

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ރ އަލިފުށިން ކަރަންޓް ކެނޑިފައި ވަނިކޮށް އަލަށް އެރަށަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް ރަށަށް ކަރަންޓް ދޫކުރަން ފަށައިފިއެވެ.

ހުކުރު ދުވަހު ގެނައި 600 ކިލޯ ވޯޓްގެ ޖަނަރޭޓަރުން ކަރަންޓް ދޫކުރަން ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ހުކުރު ދުވަހު 2:15 ހާއިރު ގެނައި ޖަނަރޭޓަރ އިންޖީނުގެއަށް ގެންގޮސްފައި ވަނީ ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުން އެރޭގެ 8:05 ގައެވެ. އަދި އެހާހިސާބުން ފެށިގެން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދަންވަރުގެ ވަގުތެއްގައި ވަނީ އިންޖީނުގެއަށް ވެސް ކަރަންޓް ދޫކޮށްފައ ހުރި 400 ކިލޯ ވޯޓްގެ ޖަނަރޭޓަރ ކުއްލިއަކަށް ނިވި އާ ޖަނަރޭޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މެދުކެނޑިފައެވެ. ނަމަވެސް ގާތްގަނޑަކަށް އޭގެ ގަޑިއެއްހާ އިރުގެ ތެރޭގައި އެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް އިންޖީނު ގެއަށާއި ރަށުގެ ބައެއް ހިސާބުތަކަށް ކަރަންޓް ދޫކުރަން ފެށިއެވެ. އެއަށްފަހު އާ އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައި އެއިންޖީނުން ކަރަންޓް ދޫކުރަން ފެށުނީ ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައެވެ.

އަލިފުށިން ކަރަންޓް ދިޔައީ ކަރަންޓް ދެމުންދިޔަ 600 ކިލޯވޯޓް ގެ ޖަނަރޭޓަރގެ ރޭޑިއޭޓަރ ހަލާކުވުމުގެ ސަބަބުން އިންޖީނުން ކަރަންޓް ދޫނުކުރެވުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އެހެން ރަށެއްގައި ހުރި 200 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި ރަށުގައި ހުރި 400 ކިލޯވީޯޓްގެ ޖަނަރޭޓަރެއް ސިންކްރޮނައިޒް ކޮށްގެން ކަރަންޓް ދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ޕެނަލް ބޯޑުން އެކަން ކުރެވެން ނެތުމުން މިއަދު ކަރަންޓް ދޭން ފެށި 600 ކިލޯވޯޓްގެ ޖަނަރޭޓަރަކީ ހުޅުމާލެއިން ގެނައި ޖަނަރޭޓަރެކެވެ

އާބާދީގައި 2,800 އެއްހާ މީހުން ދިރިއުޅޭ އަލިފުށީގައި ކަރަންޓް ނެތުމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރައްޔިތުން ބުންޏެވެ. އެގޮތުން ބައެއް އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ވުމާއި ކަރަންޓް ނެތުމުގެ ސަބަބުން ކުޑަކުދިން ބޭރުގައި ނިންދަވަން ޖެހުނފަދަ ކަންކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް