Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2023 | ބުރާސްފަތި 09:10
މަރުވެފައިވަނީ ކ ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއް
މަރުވެފައިވަނީ ކ ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއް
ޖޯންސްއެރައުންދަވޯލްޑް.ކޮމް
ފަތުރުވެރިއަކު މަރުވުން
ފަތުރުވެރިޔާ މަރުވި މައްސަލައިގައި ޑިންގީ ދުއްވި މީހާ ހައްޔަރުކޮށްފި
މި ޙާދިސާގައި މަރުވެފައިވަނީ ޕޮލެންޑުގެ 52 އަހަރުގެ ފިރިހެނެއް
ފުލުހުން ދަނީ މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން
ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ މީހެއް

ކ ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ކ ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަޙައްދުން ދަތުރުކުރި ޑިންގީއެއް ޖެހި، ޙާދިސާއެއް ހިނގާފައިވާކަމަށް އާދިއްތަ ދުވަހުގެ 11:10 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ޑިންގީ ދުއްވި 45 އަހަރުގެ މީހާ ޖެނުއަރީ 31 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ގޭ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޑިންގީ އިން ޖެހުނު ފަތުރުވެރިޔާ ތުލުސްދޫ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.

މި ޙާދިސާގައި މަރުވެފައިވަނީ ޕޮލެންޑުގެ 52 އަހަރުގެ ފިރިހެނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް