ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 08:35
ހުޅުމާލޭ ސްޕޯޓްސް އަދި ބޮޒްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ހުޅުމާލޭ ސްޕޯޓްސް އަދި ބޮޒްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ފޭސްބުކް
ބައިބަލާ 2017
ބައިބަލާ 2017: ކުއާޓާ އަށް ޓީމުތައް ދަތުރުކޮށްފި
ކުއާޓާފައިނަލްގެ މެޗުތައް ފަށާނީ ހޮނިހިރު ދުވަހުގެ ރޭ

ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 1438 ވަނަ އަހަރުގެ "މޯލްޑިވިއަން ގޭސް ބައިބަލާ" މުބާރާތުގެ ކުއާޓާއަށް ޓީމުތައް ދަތުރުކޮށްފި އެވެ.

ހުކުރު ދުވަހު ކުޅުނު ގަދަ 16 ގެ ފުރަތަމަ މެޗު އީގަލްސް އިން ތްރީޑީއާ ވާދަކޮށް ކްލަބް ޒެފްރޯލް ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި އޫމްޕާ ލޫމްޕާއާ ވާދަކޮށް ހުޅުމާލޭ ސްޕޯޓްސް ކްލަބުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ތިންވަނަ މެޗުގައި މަސްއޮޑި ވޯވޯއާ ވާދަކޮށް ކްލަބް ޓީން އޭޖް މޮޅުވިއިރު، ހަތަރުވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބާ ވާދަކޮށް ޕަންކް ނެކްސްޓް ލެވެލް ވަނީ މޮޅުވެފައެވެ.

ފަސްވަނަ މެޗުގައި ޕީކޭ ކަޔޯޓީސްގެ މައްޗަށް މަސްއޮޑި ޓައިޓަންސް ކުރިހޯދާފައިވާއިރު، ހަވަނަ މެޗުގައި ދަނޑު ގޯޅީގެ މައްޗަށް ބުރު ޕާކް ވަނީ ކުރިހޯދާފައެވެ. ހަތްވަނަ މެޗުގައި ބޮޒްނިއާގެ މައްޗަށް މަސްއޮޑި ސްޕޯޓްސް ކްލަބް ކުރިހޯދާފައިވާއިރު، ކްލަބް ގްރީން ސްޓްރީޓްގެ މައްޗަށް އޮއެއާ ސްޕޯޓްސް ކްލަބް ވަނީ ކުރިހޯދާފައެވެ.

މުބާރާތުގެ ކުއާޓާގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރާނީ ކްލަބް ޒެފްރޯލް އަދި މަސްއޮޑި ޓައިޓަންސްއެވެ. ދެވަނަ މެޗުގައި ހުޅުމާލޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ބުރު ޕާކް ނިކުންނައިރު، ކްލަބް ޓީންއޭޖްއާ ދެކޮޅަށް ނިކުންނާނީ މަސްއޮޑި ސްޕޯޓްސް ކްލަބެވެ. އަދި ހަތަރުވަނަ މެޗުގައި ޕަންކް ނެކެސްޓް ލެވެލްއާ ދެކޮޅަށް ނިކުންނާނީ އޮއެހާ ސްޕޯޓްސް ކްލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް