ކ. މާލެ
|
1 ފެބްރުއަރީ 2023 | ބުދަ 19:04
ރާއްޖޭގެ ވައި ނުސާފުވުން
ރާއްޖޭގެ ވައި ނުސާފުވުން
ރާއްޖެއެމްވީ
ރާއްޖޭގެ ވައި ނުސާފުވުން
ރާއްޖޭގައި ވައި ނުސާފުވެ ސަމާލުވާން އިލްތިމާސްކޮށްފި
އެގޮތުން އެޗްޕީއޭއިން ވަނީ https://iqair.com/maldivesނުވަތަ IQAir Visual އެޕް އަޅައިގެން ބަލަން އިލްތިމާސްކޮށްފަ
ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ ވައިގެ ތަޣައްޔަރުކަން މިހާރު ހުރީ ތިން ވަނަ ދަރަޖައިގަ

ރާއްޖޭގައި ވައި ނުސާފުވެފައިވާ މިންވަރު ބެލުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މިދުވަސްވަރު ރާއްޖޭގެ ވައިނުސާފުވާ މިންވަރު ބަލައިލެވޭނެކަން ފާހަގަކޮށްފައެވެ. އެގޮތުން އެޗްޕީއޭއިން ވަނީ ވައިގެ ސާފުކަމުގެ މިންވަރު ބެލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ ލިންކްhttps://iqair.com/maldivesނުވަތަ IQAir Visual އެޕް އަޅައިގެން ބަލަން އިލްތިމާސްކޮށްފައެވެ. އަދި ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން ވައިގެ ސާފު މިން މެދު މިނުގައި ހުންނަ ނަމަ ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތުތަކުގައި ތިބޭ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވުމަށް ވަނީ އިރުޝާދުދީފައެވެ.

މިހާރު ރާއްޖޭގެ ވައިގެ ނުސާފު މިން ހުރިގޮތަށް ބަލާ އިރު "އައިކިއު އެއާ" އިން 6 މިންގަނޑަކުން ވައިގެ ސާފުމިން ބަލައެވެ. އެ މިންގަނޑުން ބަލާ އިރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ ވައިގެ ތަޣައްޔަރުކަން މިހާރު ހުރީ ތިން ވަނަ ދަރަޖައިގައެވެ. އަދި ބައެއް ސަރަހައްދުތަކުގެ ވައިގެ ނުސާފުކަން ހަތަރުވަނަ ދަރަޖަ އަށް ވަނީ އަރާފައެވެ. އެގޮތުން ބަލާއިރު އެންމެ ބޮޑަށް ވައި ނުސާފު ކަމަށް ދައްކަނީ ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީގައެވެ. ދެން އެންމެ ވައި ނުސާފީ ލ.ފޮނަދޫ، އައްޑޫސިޓީ ހިތަދޫ އަދި ޅ.ނައިފަރުގައެވެ.

ވައިގެ ސާފުކަން ނާޒުކުރު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރުގައި ހުންނަ ނަމަ އާއްމުކޮށް އެންމެންނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އުނދަނގޫތަކާއި ކުރިމަތިވުމާއި ނޭވާލާ ނިޒާމަށް މައްސަލަ ދިމާވުމުގެ ނުރައްކާ އޮތް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ސިއްހަތަށް ނުރަނގަޅު މިނުގައި ވައިގެ ސާފު މިން ހުންނަ ނަމަ އާއްމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައިވެއެވެެ. އަދި ވަރަށް ސިއްހަތަށް ނުރަނގަޅު ހާލަތުގައި ވައިގެ ސާފުކަމުގެ މިންވަރު ހުރި ނަމަ އާއްމުކޮށް އެންމެންނަށް އެކަމުގެ އަސަރު ފާހަގަކުރެވޭނެ ކަމަށާއި ހާލަތު ނާޒުކު ފަރާތްތަކުން ބޭރަށް ނުކުތުން ހުއްޓާލަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ވައިގެ ސާފުމިން ނުރައްކާތެރި ހާލަތުގައި ހުރި ނަމަ، އާއްމުކޮށް އެންމެންނަށް ވަރަށް ބޮޑަށް އުނދަނގޫވުމާއި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ނުރައްކާ ބޮޑު ކަމަށާއި އެ ހާލަތުގައި ބޭރުގައި ހަރަކާތްތެރިވުމާއި ދުރުހެލިވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

- ކޮމެންޓް