ކ. މާލެ
|
1 ފެބްރުއަރީ 2023 | ބުދަ 18:37
ޔޫކްރެއިން ރަޝިއާ ހަނގުރާމާގައި ޔޫކްރެއިނަށް އެހީވުމަށް އެމެރިކާއިން މިފަހުން ތައްޔާރުކުރި ދެ ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގެ ތެރޭގައި ދުރު ރާސްތާ ރޮކެޓް ހިމެނޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި
ޔޫކްރެއިން ރަޝިއާ ހަނގުރާމާގައި ޔޫކްރެއިނަށް އެހީވުމަށް އެމެރިކާއިން މިފަހުން ތައްޔާރުކުރި ދެ ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގެ ތެރޭގައި ދުރު ރާސްތާ ރޮކެޓް ހިމެނޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި
ރޮއިޓާސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
އެމެރިކާއިން ޔޫކްރެއިނަށް އިތުރު 2 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ، މިފަހަރުގެ ޕެކޭޖުގައި ދުރުރާސްތާ ރޮކެޓް ވެސް ހިމެނޭ
މެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައިވާ ގްލައިޑް މިސައިލްތަކުން 150 ކިލޯމީޓަރު ދުރުގައި ހުންނަ ސަރަހައްދުތަކަށް ހަމަލާދެވޭނެ
މިއީ ހިމަރސްގެ މިސައިލްތަކުން ހަމަލާދެވޭ 80 ކިލޯމީޓަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް
އެމެރިކާއިން ޔޫކްރެއިނަށް އަލަށް ފޯރުކޮށްދޭ ގްލައިޑް މިސައިލްތަކާއެކު ހަނގުރާމައިގެ މަސްރަހު ބަދަލުވެގެންދާނެ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނޭ

އެމެރިކާއިން ޔޫކްރެއިނަށް އިތުރު ދެ ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން ނިންމައިފިއެވެ.

ޔޫކްރެއިން ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީވުމަށް އެމެރިކާއިން މިފަހުން ތައްޔާރުކުރި ދެ ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގެ ތެރޭގައި ދުރު ރާސްތާ ރޮކެޓް ހިމެނޭކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން މިހަފުތާގެ ތެރޭގައި އެމެރިކާއިން އިއުލާނުކުރަން ނިންމާފައިވާ އެހީގެ ޕެކޭޖުގައި ގްރައުންޑް ލޯންޗްޑް ސްމޯލް ޑައިމީޓަރ ބޮމްސް (ޖީއެލްއެސްޑީބީ) އަދި ބޮއިން އިން އުފައްދާފައިވާ އައު ހަތިޔާރެއް ހިމެނޭނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައިވާ ގްލައިޑް މިސައިލްތަކުން 150 ކިލޯމީޓަރު ދުރުގައިވާ ސަރަހައްދުތަކަށް ހަމަލާދެވޭނެއެވެ. މިއީ ހިމަރސްގެ މިސައިލްތަކުން ހަމަލާދެވޭ 80 ކިލޯމީޓަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެމެރިކާއިން ޔޫކްރެއިނަށް ހިމަރސް މިސައިލް ސިސްޓަމްތައް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

އެމެރިކާއިން ޔޫކްރެއިނަށް އަލަށް ފޯރުކޮށްދޭ ގްލައިޑް މިސައިލްތަކާއެކު ހަނގުރާމައިގެ މަސްރަހު ބަދަލުވެގެންދާނެ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން ޔޫކްރެއިނަށް ދުރު ރާސްތާ މިސައިލް ފޯރުކޮށްދޭނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، ޔޫކްރެއިންގެ ރައީސް ވަނީ އެގައުމަށް ދުރު ރާސްތާ މިސައިލް ފޯރުކޮށްދިނުމަށް އެކުވެރި ގައުމުތަކުގައި އެދިވަޑައިގެންފައެވެ. އަދި ގައުމުތަކާއެކު ދުރު ރާސްތާ މިސައިލް ހޯދުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ޔޫކްރެއިންގެ ރައީސްގެ އަރިސް ބޭފުޅަކުވެސް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ޔޫކްރެއިނަށް ދުރު ރާސްތާ މިސައިލް ފޯރުކޮށްދޭނެކަން ރިޕޯޓުކޮށްފައި މިވަނީ އެގައުމަށް ވާގިވެރިވާ ގައުމުތަކުން ޔޫކްރެއިނަށް ޒަމާނީ ޓޭންކަރުތައް ފޯރުކޮށްދޭން ނިންމިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް