ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 07:47
ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތުގެ ތަށި ޖަރުމަނުން އުފުލާލަނީ
ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތުގެ ތަށި ޖަރުމަނުން އުފުލާލަނީ
ޓްވިޓަރ
ޔޫރޯ މުބާރާތް
ސްޕެއިން ބަލިކޮށް 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތް ޖަރުމަނުން ކާމިޔާބުކޮށްފި
ސްޕެއިން އިން ޖަރުމަނުގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުން
ޓޮޕްސްކޯރަކަށް ސައުލް ހޮވުނުއިރު، މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސެބަލޮސް

ސްޕެއިން ބަލިކުރުމަށްފަހު 21 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ޖަރުމަނުން ކާމިޔާބުކޮށްފި އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ސްޕެއިންއާ ވާދަކޮށް ޖަރުމަނުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ޕޮލެންޑުގައި ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ސްޕެއިން އެވެ. އެގޮތުން އެޓީމުން ވަނީ ޖަރުމަންގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ހޯދާފައެވެ.

އެހެންނަމަވެސް ސްޕެއިން އިން ރަނގަޅަށް ކުޅެމުން ދަނިކޮށް 40 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޖެރެމީ ޓޮޖާންގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ މިޗެލް ވެއިސާ އެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ސްޕެއިންގެ މައްޗަށް ޖަރުމަން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޖަރުމަނުން އެޓީމުގެ ޑިފެންސް ވަރުގަދަކޮށްފައިވާއިރު، ކައުންޓާގައި އެޓީމުންދިޔައީ ސްޕެއިންގެ ހާފަށް ބާރުބޮޑުކުރަމުންނެވެ. މީގެއިތުރުން ސްޕެއިން އިން ދިޔައީ ފުލުފުލުގައި ޖަރުމަނުގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ހުސް ފުރުސަތުތައް ހޯދަމުންނެވެ.

ޕެނަލްޓީ ޖަހައިގެން އިންގްލޭންޑް ބަލިކުރުމަށްފަހު، ޖަރުމަން ފައިނަލަށް ދަތުރުކުރިއިރު، ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އިޓަލީ ބަލިކޮށްގެންނެވެ.

ޖަރުމަނުން މުބާރާތުގެ ތަށި ދެވަނަ ފަހަރަށް އުފުލާފައިވާއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޕެއިންގެ ސައުލް އެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑެނީ ސެބަލޮސް އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް