ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 18:30
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފި
މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާ 70 އަހަރާ ދެމެދުގެ މީހުންނަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުގެ އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފިއެވެ.

ބޭންކުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުގައި, ޑިރެކްޓަރުގެ ބޯޑަށް އާއްމުންގެ ފަރާތުން ތިން ޑިރެކްޓަރުން އައްޔަންކުރުމަށް ވަނީ ނިންމާފައެވެ. މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާ 70 އަހަރާ ދެމެދުގެ މީހުންނަށެވެ.

މި މަގާމަށް ކުރިމަތިލާ ހިއްސާދާރުންނަކީ ރާއްޖޭގެ މާލީ އިދާރާތަކުގެ ގަވާއިދުތަކުގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތަކާއި ބީއެމްއެލްއިން ކަނޑައަޅާފައިވާ ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭ ހިއްސާދާރުންނަށް ވާންޖެހޭނެއެވެ. އެގޮތުން ބޭންކިންގއާއި، މާލީ ޚިދުމަތްތަކާއި، އާންމުގޮތެއްގައި އިންވެސްޓްމެންޓް ވިޔަފާރިއާއި، ޚާއްސަކޮށް ކުންފުންޏަށް ކުރިމަތިވެފައިވާ މާކެޓް ނުވަތަ އެހެން ރިސްކްތަކާބެހޭ އެކަށީގެންވާ ހޭލުންތެރިކަމާއި މައުލޫމާތު ލިބިގެންވާ ފަރާތެއް ކަމުގައިވާން ޖެހުމާއި، އެންމެ މަތީ ދަރަޖައަކަށް އަމިއްލަ އަޚްލާގާއި މަސައްކަތުގެ އަޚްލާގާއި ހަރުދަނާކަމާއި ރަނގަޅު އުސޫލުތަކެއް ލިބިގެންވާ، އަދި ކުންފުނީގެ އެންމެހާ ހިއްސާދާރުންގެ ދިގުރާސްތާގެ މަސްލަހަތުތައް ތަމްސީލުކޮށްދިނުމުގައި މަސައްކަތްކޮށްދެވޭނެ ފަރާތެއްކަމުގައިވުމަކީ މި މަގާމަށް ކުރިމަތިލާފަރާތެއްގެ ހުންނަންޖެހޭ ޝަރުތުތަކެވެ.

މީގެ އިތުރުން މިމަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އެމްއެމްއޭގެ ފުރެޑެންޝަލް ރެގިއުލޭންޝަންގެ "ފިޓް އެންޑް ޕްރޮޕަރ ރިކުއަރމެންޓްސް"ގެ މިންގަނޑުތަކާއި ޝަރުތުތަކާއި ސީއެމްޑީއޭގެ ގަވާއިދުތަކުގެ ތެރެއިން، ފުރިހަމަވާންޖެހޭ ޝަރުތުތައް ހަމަވާން ޖެހޭނެ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބޭންކް އޮފް މޯލްޑިވްސް ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި، އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ 3 މެންބަރުން ހިމެނެއެވެ. ބޭންކުގެ ޑިރެކްޓަރުން ބޯޑަށް މެމްބަރުން އައްޔަންކުރާނީ ބީއެމްއެލްގެ އަހަރީ ޖަލްސާގައެވެ.

މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން 2023 މާރޗް 1ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން، ބޭންކަށް އީމެއިލް މެދުވެރިކޮށް ނުވަތަ ހެޑް އޮފީހުގެ ހަވަނަ ފަންގިފިލާއަށް ލިޔެކިއުންތައް ހުށަހަޅަން ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް