ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 15:47
ރާއްޖެ އަންނަ ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިން
ވެލާނާ އެއާޕޯޓް
ފަތުރުވެރިން އަންނަ މިންވަރު އިތުރުވުން
އަހަރުގެ ފުރަތަމަ 25 ދުވަހު 138،593 ފަތުރުވެރިން އައިސްފި
އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިން
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 29.7 އިންސައްތަ އިތުރު އަދަދެއް

ޖެނުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް 138،593 ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިހާތަނަށް 138،593 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 29.7 އިންސައްތަ އިތުރު އަދަދެކެވެ.

2022 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 106،501 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރު އައިސްފައިވަނީ 73،501 ފަތުރުވެރިންނެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ދުވާލެއްގެ މައްޗަށް 5544 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އެވްރެޖްކޮށް 8.1 ދުވަހު މަޑުކޮށްފައިވެއެވެ.

މިއަހަރުގެ ޓޮޕް 10 މާކެޓްގެ ތެރޭގައި ހިމެނެނީ ރަޝިއާ، އިންޑިއާ، އިޓަލީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އެމެރިކާ، ފްރާންސް، ޗައިނާ، ކަޒަކިސްތާން އަދި ދެކުނު ކޮރެއާއެވެ.

ފަތުރުވެރިން އައި އަދަދުތައް

  • ރަޝިއާ - 19،389
  • އިންޑިއާ - 14,350
  • އިޓަލީ - 13,848
  • އިނގިރޭސިވިލާތް - 11,496
  • ޖަރުމަނުވިލާތް - 8,253
  • އެމެރިކާ - 6,425
  • ފްރާންސް - 5,075
  • ޗައިނާ - 4,477
  • ކަޒްކިސްތާން - 2,693
  • ދެކުނު ކޮރެއާ - 2,573

މިހާތަނަށް 172 ރިސޯޓުން އަންނަނީ ހިދުމަތް ދެމުންނެވެ. އެއީ 41،945 އެނދެވެ. 1640 އެނދާއެކު 13 ހޮޓަލަކުން ހިދުމަތް ދެމުން އަންނަ އިރު 14،178 އެނދާއެކު 877 ގެސްޓްހައުސްއިން އަންނަނީ ހިދުމަތް ދެމުންނެވެ. އަދި 2901 އެނދާއެކު 157 ސަފާރީތައް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.

- ކޮމެންޓް