ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 07:47
ދިރާގުގެ 'ސަޅި 28 ޑޭސް' އެޑް-އޮން
ދިރާގުގެ 'ސަޅި 28 ޑޭސް' އެޑް-އޮން
ދިރާގު
ދިރާގުގެ 'ސަޅި 28 ޑޭސް' އެޑް-އޮން
ދިރާގުގެ 'ސަޅި 28 ޑޭސް' އެޑް-އޮންއާއެކު ކޮންމެ ދުވަހަކު 4ޖީބީ ޑޭޓާ!
މި އެޑް-އޮން އެންމެ 595 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުމްލަ 112ޖީބީ 28 ދުވަހުގެ މުއްދަތަކަށް ލިބެގެންދާނެ

ދިރާގުގެ 'ސަޅި 28 ޑޭސް' އެޑް-އޮންއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 4ޖީބީ ޑެއިލީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި އެޑް-އޮން އެންމެ 595 ރުފިޔާއަށް ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުމްލަ 112ޖީބީ 28 ދުވަހުގެ މުއްދަތަކަށް ލިބެގެންދާނެ ކަމަށެވެ.

'ސަޅި 28 ޑޭސް' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ‘S3GB28’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ.  

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭންއިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

- ކޮމެންޓް