Advertisement
ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 00:32
ބަބްލް ފުޓްބޯޅަ މުބާރާތެއް ކުރިއަށްދަނީ
ބަބްލް ފުޓްބޯޅަ މުބާރާތެއް ކުރިއަށްދަނީ
ގޫގުލް
ބަބްލް ފުޓްބޯޅަ މުބާރާތް
ރާއްޖޭގައި ބަބްލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ
މުބާރާތުގައި ބައިވެރިވެވޭނީ 7 ކުޅުންތެރިންގެ ޓީމުތައް

ސްރީ ލަންކާގެ އެޑިއުލިންކް އިންޓަރނޭޝަނަލް ކޮލެޖުގެ ސްޓޫޑެންޓް ޔޫނިއަނުން، ރާއްޖޭގައި ބަބްލް ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

 

"ބަބްލް ބޭޝް ފުޓްބޯލް ޓޯނަމަންޓް" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު މާލޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައެވެ. މުބާރާތް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ން ރޭގަނޑު 10 އަށެވެ.

 

މި މުބާރާތުގައި މިހާތަނަށް 15 ޓީމުން ބައިވެރިވެފައިވާއިރު، މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނީ، މުބާރާތް ކުރިއަށްދާ ވަގުތުވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ 7 ކުޅުންތެރިންގެ ޓީމުތަކަށެވެ. އަދި ކޮންމެ މެޗެއް ކުރިއަށްގެންދާނީ 10 މިނިޓުގެ ވަގުތަކަށެވެ.

 

މި މުބާރާތުން އެއްވަނައަށްދާ ޓީމަކަށް 10،000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

 

ބަބްލް ފުޓްބޯޅައަކީ ފުޓްބޯޅަ ކުޅޭ ފަރާތްތައް ވައިޖަހާފައިވާ ބޮޑު ޕްލާސްޓިކް ބޯޅައެއްގެ ތެރެއަށް އެރި ތިބެގެން ކުޅޭ ކުޅިވަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް