ކ. މާލެ
|
30 ޖޫން 2017 | ހުކުރު 22:43
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ސްކައި ނިއުސް
ކުރީގެ ނައިބު ރައީސް އަދީބު
އަދީބަށް ސިއްހީ ފަރުވާ ނުދިނުމަކީ އެންމެ މުހިންމު ހެކި މަރާލުން: ނަޝީދު
މިނޫން ގޮތަކަށް ދެކެން ވަރަށް އުނދަގޫކަމަށް ނަޝީދު ވިދާޅުވި
އަދީބަކީ ސްޓާރ ވިޓްނަހެއް
އަދީބު ދަނީ 33 އަހަރަށް ޖަލަށްލާފަ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ސަރުކާރުން ދެކޮޅުހަދާ ހެދުމަކީ ހެކި ނައްތާލުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

 

 

ނަޝީދު ވިދާޅުވީ އަދީބަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާ ކަމަށާއި މިއީ ހެކި ނައްތާލުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށެވެ. އަދީބަކީ 'ސްޓާ ވިޓްނަހެއް' ކަމަށާއި ސިއްހީ ހިދުމަތުން މަހުރޫމު ކުރުވުމުން މިއީ އެ ހެކި 'މަރާލުން' ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި، 'މިނޫން ގޮތަކަށް ދެކެން ވަރަށްވެސް އުނދަގޫ' ކަމަށް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެެއެވެ.

އަދީބަކީ 'ސްޓާ ވިޓްނަހެއް' ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، މިއީ ކޮން މައްސަލައެއްގެ ހެއްކެއް ކަމަށް ވިދާޅުވެފައެެއް ނުވެއެެވެ.

އެމްްއެމްޕީއާރސީގެ މައްސަލައިގައި ކޮރަޕްޝަންގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އަދީބުގެ މައްޗަށް އުފުލާ، އެ ދެ ދައުވާ ސާބިތުވެ، އަދީބުގެ މައްޗަށް ދައުލަތުން ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި، މިހާރު އަލުން އަނބުރާ ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ފްރޭމްކުރުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވެފައިވާ އެއް ފަރާތަކީ އަދީބު ކަމަށް ނާޒިމްގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ނާޒިމް ފްރޭމްކުރެވިފައިވާ ކަމަށް ވިދާޅުވެ، އަދީބު ސުޕްރީމް ކޯޓަށް ހުށަހަޅާފަައިވާ ސިޓީއެއް ރޭގެ ވަގުތެއްގައި ވަނީ އާންމުވެފައެވެ. އެ ސިޓީގައި ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އާއި ނާޒިމްއާ އެއްވެސް ގުޅުމަށް ނެތް ކަމަށާއި އެ ފިސްތޯލަ އެތަނުގައި އޮތްކަން ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް