Advertisement
ކ. މާލެ
|
29 ޖެނުއަރީ 2023 | އާދީއްތަ 18:21
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
ރިޔާސީ ބަޔާން އިއްވުން
ފެބްރުއަރީ 6 ވަނަ ދުވަހު ސަރުކާރު ބަންދުވާނެ
ފެބްރުއަރީ 6 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަވާނެ
ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ދުވަހެއް
މިއީ ރައީސް ސާލިހުގެ 5 ވަނަ ރިޔާސީ ބަޔާން

މިއަހަރުގެ ފެބްރުއަރީ 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިދުވަސް ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖައްސަވާފައިވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނީ ފެބްރުއަރީ 6 ވަނަ ދުވަހު އޮންނަ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގައެވެ.

Advertisement

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން ވާނެއެވެ. ރިޔާސީ ބަޔާނުގައި އާންމު ގޮތެއްގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭއިރު، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.

މިއީ ރައީސް ޞާލިހުގެ 5 ވަނަ ރިޔާސީ ބަޔާނެވެ. މި ޖަލްސާގައި އޮންނާނީ ރިޔާސީ ބަޔާން އިއްވުން އެކަންޏެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ފެށިގެންދާނީ އޭގެ ފަހުން ބާއްވާ ޖަލްސާތަކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް