Advertisement
ކ. މާލެ
|
29 ޖެނުއަރީ 2023 | އާދީއްތަ 13:17
މަރުވެފައިވަނީ ކ ތުލުސްދޫގައި ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެއް
މަރުވެފައިވަނީ ކ ތުލުސްދޫގައި ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެއް
ޖޯންސްއެރައުންދަވޯލްޑް.ކޮމް
ފަތުރުވެރިއަކު މަރުވުން
ސްނޯރކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެއް ގައިގައި ޑިންގީއަކުން ޖެހި މަރުވެއްޖެ
ފުލުހުން ދަނީ މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން
މި ޙާދިސާގައި މަރުވެފައިވަނީ ޕޮލެންޑުގެ 52 އަހަރުގެ ފިރިހެނެއް

ކ ތުލުސްދޫގައި ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި މަރުވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކ ތުލުސްދޫގައި ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަޙައްދުން ދަތުރުކުރި ޑިންގީއެއް ޖެހި، ޙާދިސާއެއް ހިނގާފައިވާކަމަށް އާދިއްތަ ދުވަހުގެ 11:10 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެމީހާ ތުލުސްދޫ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.

Advertisement

މި ޙާދިސާގައި މަރުވެފައިވަނީ ޕޮލެންޑުގެ 52 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ދަނީ މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް