ކ. މާލެ
|
29 ޖެނުއަރީ 2023 | އާދީއްތަ 12:27
އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ސަބަލެންކާ
އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ސަބަލެންކާ
ރޮއިޓާސް
އޮސްޓްރޭލިއަން އޯޕަން
ފަހަތުން އަރައި ރިބަކީނާ ބަލިކޮށް، ސަބަލެންކާ އަށް ފުރަތަމަ ގްރޭންޑް ސްލޭމް ތަށި
ސަބަލެންކާ މެޗުން މޮޅުވީ ފުރަތަމަ ސެޓު ރިބަކީނާ ހޯދާފައި ވަނިކޮށް، ފަހަތުން އަރައި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އަރީނާ ސަބަލެންކާ ހޯދައިފި އެވެ.

ސަބަލެންކާ މުބާރާތުގެ ތަށި ކާމިޔާބު ކުރީ ފައިނަލްގައި އެލީނާ ރިބަކީނާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ވެސް ރިބަކީނާ އެވެ. ނަމަވެސް ސަބަލެންކާ ވަނީ ފަހަތުން އަރައި ދެ ސެޓު ހޯދައިގެން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 4-6، 6-3 އަދި 6-4 އިންނެވެ. މިއީ ސަބަލެންކާ އޭނާގެ ކެރިއަރުގައި ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. ފައިނަލްގައި ބަލިވި ރިބަކީނާ އަކީ މިދިޔަ އަހަރު އޮތް ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ.

ކާމިޔާބީއަށް ފަހު ވާހަކަ ދައްކަމުން ސަބަލެންޑާ ބުނީ، މިއީ އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އޭނާ ބުނީ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި އެނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށެވެ. ސަބަލެންކާ ބުނީ ފުރަތަމަ ސެޓަށްފަހު، އޭނާ އައު ހިތްވަރަކާއެކު ކުރިއަށް ދާން ޖެހޭނެ ކަމަށާއި، އޭނާ އަށް މޮޅުވެވޭނެކަން އަމިއްލަ އަށް ޤަބޫލުކުރެވުން ކަމަށެވެ. އޭނާ ބުނީ ދެ ވަނަ ސެޓަށް ނުކުތީ މެޗުގައި އަނބުރާ އައިސް، އޭނާގެ ވަގުތު ހޯދޭނެ ކަމަށް ޤަބޫލުކޮށްގެން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ފައިނަލް މެޗު ދަސްވި ފިލާވަޅަކީ މެޗު ކުޅެމުންދާއިރު ދަނޑު މަތީގައި އޭނާ ހުންނަން ޖެހޭނީ ވަރަށް ހަަމަޖެހިގެން ކަމަށާއި، އަމިއްލަ ގޯސްތައް ހަދައިގެން ނުވާނެ ކަމެވެ. އޭނާ ބުނީ އަމިއްލަ ނަފްސަށް އިތުބާރުކޮށް، އޭނާގެ އަމިއްލަ ގޭމު ކުޅުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.

ސަބަލެންކާގެ މި ކާމިޔާބާއެކު އޭނާ ދުނިޔޭގެ ރޭންކިންގެ ދެ ވަނަ އަށް ޖެހިލާނެ ކަމަށް ބެލެވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް