Advertisement
ކ. މާލެ
|
28 ޖެނުއަރީ 2023 | ހޮނިހިރު 16:20
ވޯޓްލުން ކުރިއަށްދަނީ
ވޯޓްލުން ކުރިއަށްދަނީ
-
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
ވޯޓް ފޮއްޓަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ރަތަފަންދޫއިން ދެ މީހުންނާއި ގދ. ތިނަދޫއިން އެކަކު

ވޯޓް ފޮއްޓަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ ވޯޓް ފޮއްޓަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ގދ. ރަތަފަންދޫއިން ދެ މީހުންނާއި ގދ. ތިނަދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Advertisement

ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓް ފޮށި ފަޅާލައި އޭގެ ތެރޭގައި ހުރި ވޯޓް ހަރުދާސްތައް އާންމުން ނަގާފައިވާއިރު، އެގޮތަށް ކަންތައްކުރީ މީހަކު ވޯޓްލުމަށް ފޯނު ހިފައިގެން ވަތް ކަމަށް ބުނެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ގދ. ގައްދޫގައި ހުރި ވޯޓް ފޮއްޓެއްގައިވެސް ވަނީ މައްސަލަ ޖެހިފައެވެ. "ރާއްޖެ އެމްވީ"އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ސަރަހައްދުގައި ބޮޑީ ކެމެރާ ހަރުކޮށްގެން މީހަކު ވޯޓު ލީކަމަށް ބުނެ ވަނީ ހަމަނުޖެހުން ހިންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް