Advertisement
ކ. މާލެ
|
28 ޖެނުއަރީ 2023 | ހޮނިހިރު 12:38
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވޯޓް ލެއްވުން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވޯޓް ލެއްވުން
-
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
ރައީސް ޞާލިހު ވޯޓް ލައްވައިފި
ރައީސް ވޯޓް ލެއްވީ އިސްކަރުންދަރު ސްކޫލުގައި ހުރި ވޯޓް ފޮއްޓަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވޯޓް ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓް ލައްވާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އިސްކަރުންދަރު ސްކޫލުގައި ހުރި ވޯޓް ފޮއްޓަށެވެ. ވޯޓް ލެއްވެވުމަށް އެމަނިކުފާނު ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ މި ޕްރައިމަރީއަކީ ރާއްޖޭގެ ޑިމޮކްރޮސީގެ ހަޔާތުގައި މުޅިން އައު މަންޒަރުތަކެއް ފެނިގެންދާނެ ދުވަހަކަށް ކަމަށެވެ. މި އިންތިޚާބު ނިމިގެންދާއިރު ހިތްހަމަޖެހޭ މަންޒަރުތަކެއް ފެނިގެން ދިޔުމަކީ އުންމީދު ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީ އެކީގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މަސައްކަތް އަލުން ފަަށައިގަންނާނެކަން ޔަޤީން ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ޖެހިއިރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް