Advertisement
ކ. މާލެ
|
28 ޖެނުއަރީ 2023 | ހޮނިހިރު 05:36
ރައީސް ސާލިހުގެ ޕްރައިމަރީ ކެމްޕޭން ނިންމާލުން
ރައީސް ސާލިހުގެ ޕްރައިމަރީ ކެމްޕޭން ނިންމާލުން
އެމްޑީޕީ ކުރިއަށް ޓުވިޓަރ
އެމްޑީޕީ ޕްރައިމަރީ
ރައީސް އިރުޝާދުދެއްވީ ޑިމޮކްރެޓިކް ރޫހުގައި ޕްރައިމަރީ ކުރިއަށްގެންގޮސްދެއްވުމަށް
ޕްރައިމަރީ ގަޑުބަޑުކުރުމަކީ އޮތް ފުރުސަތެއް ނޫން
ރައީސް ސާލިހާއެކު ތިއްބެވި މެމްބަރުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ހަމަތަކާ އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިޚާބަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިރުޝާދުދެއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ރައީސްގެ ކެމްޕޭން ޓީމުގެ ފަރާތުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ރައީސް ސާލިހު ވަނީ މިފަދައިން އިރުޝާދުދެއްވާފައެވެ.

Advertisement

އަދި އިންތިޚާބު ގަޑުބަޑުކުރަން އުޅޭ ކަމުގެ ތުހުމަތު ރައީސް ރަޝީދުގެ ކެމްޕޭން ޓީމުން ކުރާތީ އެކަމަށް ރައްދުދެއްވައި ރައީސް ސާލިހުގެ ކެމްޕޭން ޓީމުން ބުނީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ގަޑުބަޑުކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ، ވާދަވެރި ކެންޑިޑޭޓުގެ ފަރާތުން އިންތިޚާބު ގަޑުބަޑުކުރުމުގެ ތުހުމަތާ އިލްޒާމު އެޅުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

އަދި މިފަދަ ރޭވުންތަކުން އެއްކިބާވެތިބެ، ޑިމޮކްރެޓިކް ރޫހުގައި ޕްރައިމަރީ ކުރިއަށްގެންގޮސް، އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ބަދަހި ސިޔާސީ ޕާޓީކަން ދުނިޔެއަށް ދައްކައިދިނުމަށް ލިބޭ ފުރުސަތަކަށް މި ފުރުސަތު ހެދުމަށް ކެމްޕޭން ޓީމުން އިލްތިމާސްކުރެއެވެ.

ރައީސް ސާލިހު ވަނީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކާ އެމަނިކކުފާނާއެކު ކެމްޕޭނުގައި ދެމިތިއްބެވި މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް