Advertisement
ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 07:06
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އެމްޑީޕީ ކުރިއަށް ޓުވިޓަރ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީއަށް މަގުން ކައްސާލައިގެން ދެވޭކަށް ނެތް، އޮތް ހަމައެކަނި ޗޮއިސްއަކީ އިބޫ – ރޮޒައިނާ
ހޮނިހިރު ދުވަހު ބާއްވާ އެޕާޓީގެ ޕްރައިމަރީއަކީ ޕާޓީގެ މުސްތަގުބަލު
މި އިންތިހާބު ކާމިޔާބު ނުކުރެއްވިއްޖެނަމަ މަގުމަތިވާނީ އެމްޑީޕީގެ އާންމު މެންބަރުން

އެމްޑީޕީއަށް މިއަދު މަގުން ކައްސާލައިގެން ދެވޭކަށް ނެތް ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އައްޑޫ ސިޓީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އެޕާޓީގެ ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ މުސްތަގުބަލު ކަމަށެވެ.

Advertisement

ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިހް މި އިންތިހާބު ކާމިޔާބުކުރައްވަން މަސައްކަތް ކުރައްވާއިރުގައި އެމްޑީޕީގެ ރީނދޫ ލަޝްކަރު ނުކުމެ އެމަނިކުފާނަށް މި އިންތިހާބު ކާމިޔާބުކޮށްނުދިނުމަކީ ޗޮއިސްއެއް ނޫން ކަމަށެވެ. އެކަން މިއަދު ކުރަން ޖެހޭ ކަމަށާއި، އެއީ ޕާޓީގެ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މި އިންތިހާބު ކާމިޔާބު ނުކުރެއްވިއްޖެނަމަ މަގުމަތިވާނީ އެމްޑީޕީގެ އާންމު މެންބަރުން ކަމަށެވެ. ރޮޒައިނާ ވިދާޅުވީ މީގެ ކުރިން އެކަން ފެނި ތަޖުރިބާ ކުރެވިއްޖެ ކަމަށާއި، އެމްޑީޕީގެ އެންމެ އާންމު މެންބަރުން 2013 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަޒީފައިން ކަނޑާލާ މަގުމައްޗަށް އެއްލާލި މަންޒަރު ދެކި ތަޖުރިބާކުރެވިއްޖެ ކަމަށެވެ.

އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރުން. އެކަންކަން ހުއްޓުވުމަކަށް ގެނެވޭކަށް ނެތް. މި އެމްޑީޕީއާއި މުޅި ރާއްޖެ މީގެ 50 އަހަރު ކުރިން ފެނިގެންދިޔައިރު ވެސް ނުފެނޭހާ ބޮޑު ބިޔަ ތަރައްގީ މުޅި ރާއްޖެއަށް ގެނެސްދެއްވަމުން ރައީސް ޞާލިހު ގެނެސްދެއްވަމުން އެ ގެންދަވަނީ. އެހެންވީމާ އަޅުގަނޑުމެންނަށް މިކަން ހުއްޓުވުމަކަށް ގެނެވޭކަށެއް ނެތް
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވީ މި ހުރިހާކަމެއް މިކުރީ 2 އަހަރު ތެރޭގައި ކަމަށެވެ. ކޮވިޑަކީ އައި އެއްޗެއްކަމަށް ބަޔަކު ގަބޫލުކުރަން ބޭނުން ނުވިޔަސް އެއީ އައިއެއްޗެއް ކަމަށާއި، 2 އަހަރު ވަންދެން އިގްތިސާދު އޮތީ ވަޅުޖެހިފައި ކަމަށާއި، މި ގައުމަށް ވަންނަންޖެހޭ ބޭރު ފައިސާ ނުވަންނަ ކަމަށެވެ.

ލޯނު ލޯނު ލޯނޭ ކިޔާ އިރުގައި، ލޯނު އެދުވަހު ނުނެގިނަމަ އަޅުގަނޑުމެން ތިބޭނީ ބަނޑަށޭ. ދިވެހިރައްޔިތުން ބަނޑަށް ޖެހޭއިރުގައި ނުނަގާ ލޯނެއް ދެން ކޮންއިރަކުތޯ ނަގަންވީ. އަޅުގަނޑު ރާއްޖެއިން ބޭރަށް ދިޔާމަ ކުރާ ސުވާލެއް، ދިވެހިރާއްޖެ ހާދަ ރަނގަޅަށޭ ކޮވިޑް މެނޭޖްކުރީ. ކަލޭމެންގެ އިގްތިސާދު މިހާރު ތިދަނީ އަރައިގެންނޭ. ޓުއަރިސްޓުން ތިހިރަ ރާސްލާފައި އަންނަން ފެށީއޭ. ކޮބާހޭ ކަލޭމެން ކުރިކަމަކީ. އަޅުގަނޑު އެބޭފުޅުންނަށްދޭ ޖަވާބަކީ މި އިންނެވި ރައީސް އިބޫ ސާލިހުއޭ އަޅުގަނޑުމެންގެ ސިއްރަކީ. މިކޮވިޑްގެ ތެރޭގައި މާތްރަސްކަނލާގެ އަޅުގަނޑުމެންނަށް ދެއްވި ރަނގަޅު ނިއުމަތަކީ ހެޔޮލަފާ ރައްޔިތުންދެކެ ލޯބިވާ ވެރިއެއް.
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް، އެމްޑީޕީގެ ވިސްނުމަކީ ޕީޕީއެމްގެ ވިސްނުން ނޫން ކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ ޕީޕީއެމްގެ ސިޔާސަތެއް ނޫން ކަމަށާއި، އެމްޑީޕީއަކީ ޕީޕީއެމް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް