ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 18:44
އުރީދޫ ކަލަންޑަރު 2023
އުރީދޫ ކަލަންޑަރު 2023
ސިމާހާ ނަސީމް
އުރީދޫ ކަލަންޑަރު
މިފަހަރު އުރީދޫގެ ކަލަންޑަރާއެކު، ގަސް އިންދުމަށް ބޭނުންކުރާ އޮށް
ގަސް އިންދުމަށް ބޭނުންކުރަން ވަކި ޕޮޓްތަކެއްވެސް ކަލަންޑަރާއެކު ހިމަނާފައިވޭ

އުރީދޫގެ މިއަހަރުގެ ކަލަންޑަރު ލޯންޗުކޮށްފިއެވެ.

ކަލަންޑަރު ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ބުދަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން ރަސްމިއްޔާތުގެ ބައިވެރިންނަށް އުރީދޫއިން ވަނީ ކަލަންޑަރުތައް ބަހާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫއިން ކޮންމެ އަހަރަކުވެސް ތަފާތު ގޮތަކަށް ކަލަންޑަރު ނެރޭކަމަށާއި، މިފަހަރު ކަލަންޑަރުގައި ހުރި މާތަކުގައި އަސްލު އޮށް ހިމަނާފައި ވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ގަސް އިންދުމަށް އާންމުންގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ގަސް އިންދުމަށް ބޭނުންކުރަން ވަކި ޕޮޓްތަކެއްވެސް ކަލަންޑަރާއެކު ވަނީ ހިމަނާފައެވެ.

އެގޮތުން ކަލަންޑަރުގައި; ޖުމްހޫރީ މޭވާ، މަލިކުރުވާ މާ، ކަރާ، ސަތާވަރީ، ސައިމާ، އަސުރުމާ، މަޚުމާ، މަތަރެސްމާ، ގިތެޔޮ މިރުސް، ސަނދުބަރަކަ، ދެތަނޑިމާ، އަދި ޖަޕާނު ފިނިފެންމަލުގެ އޮށްތައް ވަނީ ހިމަނާފައެވެ.

ގްރޯ ވިތު އުރީދޫ ކޮންސެޕްޓްގެ ކެމްޕޭންގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން ދަނޑުވެރިޔާ އަބްދުﷲ ރަމްޒީ ހަމަޖައްސާފައި ވާކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، ކެމްޕޭންގެ އެމްބެސެޑަރަކަށް އޭނާ ނެގީ ވަރަށް ވިސްނާފައިކަމަށާއި، ޒުވާން ދަނޑުވެރިޔާ މެދުވެރިކޮށް މުޅި ރާއްޖެއަށް ދަނޑުވެރިކަން ފުޅާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ރަމްޒީ ބުނީ، ޒުވާނުންނަށް ކުރިއަށް އޮތްތަނުގައި ދަނޑުވެރިކަމުގައި ބޭނުންކުރާ އައު ގޮތްތަކާއި ދަނޑުވެރިކަން ކުރުމުގައި ބޭނުންވާ ލަފާ އުރީދޫއާއެކު ލިބިގެންދާނެ ކަމަށެވެ. އަދި  މި ދާއިރާއަކީ ޒުވާނުން ނުކުންނަން ރަނގަޅު ދާއިރާއެއް ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް