ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 11:03
ބަޔާނުން ކުޅުނު މެޗުގައި ކިމިކް
ބަޔާނުން ކުޅުނު މެޗުގައި ކިމިކް
ރޮއިޓާސް
ޖަރުމަނު
ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ބަޔާން ސަލާމަތްކޮށްދިނީ ކިމިކް
ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިން

ޖަރުމަނު ލީގުގައި އެފްސީ ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެއްވަރުވެއްޖެ އެވެ.

މިއީ ވޯލްޑް ކަޕް ބްރޭކަށްފަހު ލީގުގައި ބަޔާނުން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވެސް އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. އަންގާރަ ދުވަހުގެ ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ކޮލޯން އިންނެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެލްޔެސް ޝްކީރީ އެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ޖޫލިއަން ޗަބޮޓް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގައި ލަނޑެއް ޖެހުމަށް ބަޔާނަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުން ބަޔާން ސަލާމަތްކޮށްދިނީ މެޗުގެ ފަހު ވަގުތު ޖަރުމަނުގެ ޑިފެންޑރު ޔޯސުއާ ކިިމިކް އެވެ. އޭނާ އެ ލަނޑު ޖެހީ ޑަޔޫޓް އުޕަމެކާނޯ ދިން ބޯޅާއަކުންނެވެ.

މެޗު އެއްވަރުވި ނަމަވެސް ބަޔާން ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކު އެވެ. ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން ބަޔާނަށް ލިބެނީ 36 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ލިބެނީ 34 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް