ކ. މާލެ
|
24 ޖެނުއަރީ 2023 | އަންގާރަ 15:48
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން
އެތެރޭގެ އުދުހުންތައް
މުއްދަތު ހަމަވެފައިވާ ލިޔުންތައް އެތެރޭގެ އުދުހުންތަކުގައި ބަލައިނުގަންނަން ނިންމައިފި
މުއްދަތު ހަމަވެފައިވާ ލިޔުންތައް 22 ފެބްރުއަރީން ފެށިގެން ބަލައެއް ނުގަންނާނެ
މުއްދަތު ހަމަވެފައިވާ ލިޔުންތައް ބަލައިގަންނަން މޯލްޑިވިއަންއިން ފެށީ ކޮވިޑް-19ގެ ތެރޭގައި

މުއްދަތު ހަމަވެފައިވާ ލިޔުންތައް، އަންނަ ފެބްރުއަރީ 22ން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބަލައިނުގަންނާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންއިން ބުނީ 22 ފެބްރުއަރީން ފެށިގެން އެ އެއަރލައިނުން ދަތުރުކުރެވޭނީ މުއްދަތު ހަމަނުވާ ލިޔުންތަކުގައި ކަމަށެވެ.

ޕާސްޕޯޓާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ވަރކް ވިސާ ކާޑު، ލައިސަންސް ކާޑު، އެއަރޕޯޓް ސެކިއުރިޓީ ފާސް، އަދި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ، ފޮޓޯއާއި އައިޑީ ކާޑު ނަންބަރު ޖެހި (މުއްދަތު ހަމަނުވާ) ރަސްމީ ލިޔުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.

މުއްދަތު ހަމަވެފައިވާ ލިޔުންތައް އެތެރޭގެ އުދުހުމުގައި ބޭނުންކުރެވޭނެގޮތަށް މޯލްޑިވިއަންއިން ނިންމީ ކޮވިޑް-19ގެ ތެރޭގައި އައިޑީކާޑު ހެއްދުމުގައި ދިމާވި ދަތިތަކާއެކު، ދަތުރުފަތުރުގެ ލުއިފަސޭހަކަމެއް ހޯދައިދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް