Advertisement
ކ. މާލެ
|
23 ޖެނުއަރީ 2023 | ހޯމަ 17:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތޮއްޑޫގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ތޮއްޑޫގައި
ރާއްޖެ އެމްވީ
އެމްޑީޕީ ޕްރައިމަރީ
ޕްރައިމަރީގައި ބަލަންވީ ޕާޓީގެ އަމިއްލަ ވިސްނުން މަޑުޖައްސާލައިފައި، ގައުމަށް ވާނީ ކިހިނެތްތޯ: ރައީސް
މި ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ވަރަށް ރޭވުންތެރިކަމާއެކު އެއްވެސް ރަށެއް ބާކީ ނުކޮށް
ޕްރައިމަރީއަކީ ޕާޓީގެ އެތެރޭގެ އިންތިޚާބަކަށްވި ނަމަވެސް އެކަން ގުޅިފައިވަނީ ޤައުމުގެ ކުރިމަގާ
ޕްރައިމަރީގައި ވޯޓުލާއިރު ޤައުމީ ވިސްނުމެއް ގެންގުޅެން ޖެހޭ

މި މަހުގެ 28ގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ބަލަންވީ ޕާޓީގެ އަމިއްލަ ވިސްނުން މަޑުޖައްސާލައިފައި، ގައުމަށް ވާނީ ކިހިނެތްތޯ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީ ކެމްޕޭނަށް ތޮއްޑޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ވަރަށް ރޭވުންތެރިކަމާއެކު އެއްވެސް ރަށެއް ބާކީ ނުކޮށް ކަމަށެވެ. އަދި އޭގެ ފައިދާ ރައްޔިތުންނަށް ވެސް ލިބޭނެ ކަމަށާއި ކުރިއަށް އޮތް ޕްރައިމަރީ އިންތިޚާބުގައި ވިސްނުން ގެންގުޅެންވީ އެކަންކަމަށް ވިސްނައިގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

ރައީސް ވިދާޅުވީ ޕްރައިމަރީއަކީ ޕާޓީގެ އެތެރޭގެ އިންތިޚާބަކަށްވީ ނަމަވެސް އެކަން ގުޅިފައިވަނީ ޤައުމުގެ ކުރިމަގާ ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ވޯޓުލާއިރު ޤައުމީ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ވިސްނުމެއް މީގައި އެބަ ގެންގުޅެން ޖެހޭ. ޕާޓީގެ އެތެރޭގެ އަމިއްލަ ފިކުރު އަމިއްލަ ވިސްނުން ހުރި ގޮތް އަދި މަޑުޖައްސާލައިފައި ޤައުމަށް ވަނީ ކިހިނެތްތޯ މި ނިންމުމުން. އެއާ ދޭތެރޭ ވިސްނާފައި ތިބޭފުޅުން ގޮތެއް ނިންމީމާ އޮންނާނީ ރަނގަޅަށް،
ަރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނު މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުން ވެސް ފެންނަނީ އެމްޑީޕީއާއެކު މި ސަރުކާރުން ފެށި ދަތުރުގައި ބައިވެރިވެ، ކުރިއަށްދާތަން ކަމަށެވެ. އެހެންކަމުން 28 ވަނަ ދުވަހު އޮންނަ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޝައްކެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ވެސް ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މިފަހަރުގެ އިންތިޚާބުގައި އެންމެންވެސް ވަރަށް ވިސްނުންތެރިކަމާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ މެދު ވިސްނައިގެން ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 28 ގައި ބާއްވަން ނިންމާފައިވާއިރު މިފަހަރު ޕްރައިމަރީ އިންތިޚާބުގައި އެމްޑީޕީގެ 57،255 މެންބަރުންނަށް ވޯޓު ލެވޭނެއެވެ. ވޯޓުލުން އޮންނާނީ މި ހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް