Advertisement
ކ. މާލެ
|
23 ޖެނުއަރީ 2023 | ހޯމަ 12:09
ޢިމާރާތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރެވޭނެ
ޢިމާރާތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރެވޭނެ
ޕްލޭނިންގ މިނިސްޓްރީ
ޢިމާރާތްކުރުމުގެ ޤާނޫނު
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އަޅާ ފިޔަވަޅުތައް އިސްތިއުނާފު ކުރަން ހުށައަޅާ ކޮމިޓީގައި 9 މެންބަރުން ތިބޭ
މިނިސްޓްރީން ގޮތެއް ނިންމައިފައިވާ ކަންކަމުގައި ނިންމި ނިންމުން އިސްތިއުނާފުކުރަން ހުށަހެޅިދާނެ
ހޯމަ ދުވަހު އަމަލުކުރަން ފަށާފައިވަނީ އެ ޤަވާއިދަށް ގެނައި 1 ވަނަ އިސްލާޙަށް

ޢިމާރާތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

ހޯމަ ދުވަހު އަމަލުކުރަން ފަށާފައިވަނީ އެ ޤަވާއިދަށް ގެނައި 1 ވަނަ އިސްލާޙަށެވެ.

އެ ޤަވާއިދުގައި ވަނީ ޢިމާރާތްކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކުން އަޅައިފައިވާ ފިޔަވަޅަކާ މެދު މިނިސްޓްރީން ގޮތެއް ނިންމައިފައިވާ ކަންކަމުގައި ނިންމި ނިންމުން އިސްތިއުނާފުކުރަން ހުށަހެޅިދާނެ ޙާލަތްތައް ބަޔާން ކޮށްފައެވެ.

އޭގެ ތެރޭގައި ރަޖިސްޓަރ ކުރެވޭ ގިންތި ނުވަތަ ދާއިރާއާ ގުޅޭ މައްސަލައެއްނަމަ، ރަޖިސްޓްރޭޝަން ކޮމިޓީން ގޮތެއް ނިންމައިފައިވާ މައްސަލަތަކާއި، ނުރައްކާތެރި ޢިމާރާތެއް ކަމަށް ކަނޑައެޅުމާ ގުޅޭ މައްސަލައެއްނަމަ، ނުރައްކާތެރި ޢިމާރާތްތަކާ ގުޅޭ ކޮމިޓީން ގޮތެއް ނިންމައިފައިވާ މައްސަލަ އަދި އެއިން ގިންތިއަކަށް ނުފެތޭ މައްސަލައެއް ނަމަ، މިނިސްޓްރީގެ މައްސަލަ ބަލާ ކޮމިޓީން ގޮތެއް ނިންމައިފައިވާ މައްސަލަތައްވެސް އިސްތިއުނާފަށް ހުށައެޅޭނެއެވެ.

Advertisement

އިސްތިއުނާފަށް ހުށައަޅާއިރު، އިސްތިއުނާފު ކޮމިޓީ އެކުލެވިގެންވަނީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ކަނޑައެޅޭ ޖުމުލަ 9 މެމްބަރުންގެ މައްޗަށެވެ.

އެއީ އިމާރާތްކުރުމާ ގުޅޭ ދާއިރާއިން ފަންނީ ތަޢުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ 3 މެމްބަރުންނާއި، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުން ކަނޑައަޅާ 4 މެމްބަރުންނާއި، ޤާނޫނ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ މެމްބަރަކާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ތަމްސީލުކުރާ، އެ އޮތޯރިޓީން ކަނޑައަޅާ މެމްބަރެކެވެ.

އެހެންނަމަވެސް، އެލްޖީއޭ ތަމްސީލުކުރާ މެމްބަރަކީ އިމާރާތްކުރުމާ ގުޅޭ ދާއިރާއިން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް