ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ކްލަބް އީގަލްސް ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
އީގަލްސް ދެވަނަ މެޗުވެސް ކާމިޔާބުކުރީ ފަސް ސެޓަށް ގޮސްގެންނެވެ. ފުރަތަމަ މެޗުންވެސް ބަލިވި ޕޮލިސް ކްލަބް އަތުން އީގަލްސް މޮޅުވީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓް އީގަލްސްއިން 25-19, 25-18 ން ގެންދިޔައެވެ. އެކަމަކު ޖެހިގެން އައި ދެސެޓް ގެންދިޔައީ ޕޮލިސް ކްލަބުންނެވެ. އެއީ 25-18, 25-23 ނެވެ. ފަހު ސެޓް އީގަލްސްއިން ގެންދިޔައީ 15-09 ނެވެ.
ފުރަތަމަ މެޗުގައި ޕޮލިސް ބަލިކުރި ވެމްކޯ ވަނީ ދެވަނަ މެޗުގައި ކްލަބް ވޮލީބޯލް އަތުން ބަލިވެފައެވެ. އީގަލްސް އަތުން ބަލިވި ކްލަބް ވޮލީބޯލްއިން ވެމްކޯ ބަލިކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓް 25-19 ން ކްލަބް ވޮލީބޯލް ގެންގޮސްފައިވަނިކޮށް, ދެވަނަ ސެޓް 25-16 ން ވެމްކޯ ގެންދިޔައެވެ. ނަމަވެސް އިތުރު ފުރުޞަތެއް ނުދީ ޖެހިގެން އައި ދެސެޓް 26-24, 25-16 ން ހޯދާ ކްލަބް ވޮލީބޯލްއިން މެޗު ކާމިޔާބުކުރިއެވެ.
މުބާރާތުގައި ހޯމަ ދުވަހުވެސް ދެ މެޗު ކުޅޭނެއެވެ.