Advertisement
ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 21:30
ކެމްޕޭނަށް ވިލިނގިއްޔަށް ވަޑައިގެން ރައީސް އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ
ކެމްޕޭނަށް ވިލިނގިއްޔަށް ވަޑައިގެން ރައީސް އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ ކުރިއަށް ޓުވިޓަރ
ރައީސް ވިލިނގިއްޔަށް
ވިލިނގިލިން ފެނުނީ، ތަފާތުކަމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ގެނައުމުގެ ނަތީޖާ - ރައީސް
ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސަކީ މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކުރުން
ވިލިނގިލި އޮތީ ސަރުކާރާއެކު ތަރައްގީއާއެކު ކުރިއަށް ދިއުމަށް
ގިނަ ބަޔަކު އެކުލެވޭގޮތަށް ސަރުކާރެއް އެކުލަވާލުން ނޫން ގޮތެއް ނެތް

ގއ. ވިލިނގިލިގެން ފެނިގެން ދަނީ, ކޮން ޕާޓީއެއްގެ ބައެއްތޯ ނުބަލައި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ތަފާތުކަމެއް ނެތި، ތަރައްގީގެ މަޝްރޫއުތައް ގެނައުމުގެ ނަތީޖާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ގއ. ވިލިނގިއްޔަށް ވަޑައިގެން އެމްޑީޕީގެ މެންބަރުންނާއި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތު ތަފާތުވުމާއެކު، ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި ވަކި ވިސްނުމަކަށް ނުބަލައި، އެ ދާއިރާގައި ތިބީ ކޮން ޕާޓީއެއްގެ ބައެއްތޯ ނުބަލައި، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ތަފާތުކަމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ގެނައުމުގެ ނަތީޖާ ވިލިނގިލިން ފެންނަމުންދާ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ، ވިލިނގިލި އޮތީ ސަރުކާރާއެކު ތަރައްގީއާއެކު ކުރިއަށް ދިއުމަށް ކަމަށެވެ. ވިލިނގިލީގެ ބޮޑު މެޖޯރިޓީ އޮތީ އެމްޑީޕީއާއެކު ކަމަށާއި، މިއިން ދައްކައިދެނީ އެމްޑީޕީގެ މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރާ މަސައްކަތް ރަށްރަށުގެ ރައްޔިތުން ބަލައިގަންނަމުންދާތަން ކަމަށެވެ.

ރައީސް ވިދާޅުވީ މި ޕްރައިމަރީއަކީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ. މި އިންތިހާބުގެ ނަތީޖާ ނިމުމުން އަދި އެ މަސައްކަތް ނިމުނީ ނޫންކަމަށާއި، މިއީ ފެށުމެއް ކަމަށެވެ. މިއާއެކު، ރާއްޖޭގެ ވެރިކަމަށް މީހަކު ގެނައުމަށް ބާއްވާ އިންތިހާބެއް އެބައޮތް ކަމަށާއި، ޕްރައިމަރީން މީހަކު ހޮވުނުނަމަވެސް މަގުސަދަކަށް ވާންވާނީ ރާއްޖޭގެ ވެރިކަން ހޯދުން ކަމަށް ރައީސް ވިދާޅުވިއެވެ.

ސަބަބަކީ އަޅުގަނޑުމެން ފަށާފަ ވާ މަސައްކަތްތައް، ރާއްޖޭގެ އެކި ރަށްރަށުގަ. މި އަތޮޅުގައާ، ދާއިރާގައާ، ވިލިނގިލީގަ ފަށާފަ ހުރި މަސައްކަތް ބާރަށް ކުރިއަށް ގެންދިއުން. އެކަން ކުރެވޭނެ ގޮތް، ވެރިކަމަށް އާދެވޭނެ ގޮތް މިރަށުގެ ރައްޔިތުންނަށް އެނގޭނެ. ވެރިކަމަށް އައުމަށްޓަކާ ބޭނުންވާ ވޯޓުގެ އަދަދާ، ތާއީދާ، ސަރުކާރެއް އެކުލަވާލުމަށް ކަންކުރަންވީ ގޮތް މިރަށުގެ ރައްޔިތުންނަށް އެނގޭނެ. ވޭތުވެދިޔަ ތަނުގެ ތަޖުރިބާގަ އެމްޑީޕީގެ މެންބަރުންނަށް އެކަން އެނގިވަޑައިގަންނަވާނެ. 2008، 2013 އަދި 2018ގަ ކަން ވެގެން ދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނަން އެއޮތީ. މާބޮޑު ބަދަލެއް ރާއްޖޭގެ ސިޔާސީ މަސްރަހަކަށް ނާދޭ. ގިނަ ބަޔަކު އެކުލެވޭ ގޮތަށް ސަރުކާރެއް އެކުލަވާލުން ނޫން ގޮތެއް ނެތް. އަޅުގަނޑު މި އަންނަނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް އެކަން ސާބިތުކޮށްދެމުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ ތަފާތު ފިކުރުތައް އެކުލެވޭ ސަރުކާރެއް ގޮވައިގެން ރައްޔިތުންނަށް ހިދުމަތް ކުުރުމުގައި 4 އަހަރު ހޭދަކުރެއްވިއްޖެ ކަމަށެވެ. ބައެއްފަހަރު ދަތި އުނދަގޫ ކަންތައްތަކެއް ހުންނަކަމަށާއި، އެހެންނަމަވެސް ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސަކީ މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކުރުން ކަމުގައިވާތީ އެމަނިކުފާނުގެ ވަޑައިގަންނަވަނީ އެގޮތަށް، އެ ވިސްނުންފުޅުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ޑިމޮކްރަސީއެއްގައި އެއްވެސް ރައްޔިތަކު ބާކީއެއް ނުކުރެވޭނެ ކަމަށެވެ. އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކުރުން ކަމަށާއި، ބާކީކޮށްފައި ނުދެވޭނެ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މެންބަރުން ނިންމާ ނިންމުން ވަރަށް ވިސްނުންތެރިކަމާއެކު ނިންމަންވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް