Advertisement
ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 15:48
ށ. ފީވައް - ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގި މައްސަލާގައި ކައުންސިލް ވަނީ ޖޫރިމަނާކޮށްފައި
ށ. ފީވައް - ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގި މައްސަލާގައި ކައުންސިލް ވަނީ ޖޫރިމަނާކޮށްފައި
އެއިރޯ/ފޭސްބުކް
ފީވަކު ކައުންސިލް ޖޫރިމަނާކުރުން
ފީވަކު ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގި މައްސަލާގައި ކައުންސިލް ޖޫރިމަނާކޮށްފި
30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވަނީ އަންގާފައި
83،252 ރުފިޔާއިން ފީވަކު ކައުންސިލް ޖޫރިމަނާ ކޮށްފައިވޭ

ށ. ފީވަކު ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގި މައްސަލާގައި ކައުންސިލް ޖޫރިމަނާކޮށްފިއެވެ.

މިކަމާގުޅޭގޮތުން އެންވަޔަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އެ އެޖެންސީއަށް ހުށަހެޅުނު ކަމަށެވެ.

Advertisement

އަދި އެ މި މައްސަލާގައި، އެ އެޖެންސީން ބެލި ބެލުންތަކާއި އެއްކުރެވުނު މައުލޫމާތުމާތުތަކުން، ފީވަކު ކައުންސިލްގެ އިސްނެގުމުގެމަތިން، 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ފީވަކު ގޮނޑުދޮޮށުން ނަގައި، ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީކުރުމަށްޓަކައި ބޭނުންކޮށްފައިވާކަން ސާބިތުވާކަމަށެވެ.

އަދި މި މައްސަލާގައި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރަށް ރިއާޔަތްކޮށް، ގަވާއިދުގެ ޖަދުވަލު 2ގެ ދަށުން، 83،252 ރުފިޔާއިން ފީވަކު ކައުންސިލް ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

އީޕީއޭއިން ވަނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް ދެއްކުމަށް މިމަހުގެ 12 ވަނަ ދުވަހު ފީވަކު ކައުންސިލަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް