ރާއްޖެއަކީ ސުވަރުގެއެއް ކަމަށާއި ރާއްޖޭގެ ރީތިކަން ދެކެ ލޯބި ވެވިއްޖެ ކަމަށް އޮލިމްޕިކް މެޑަލިސްޓް ޓާރާ ލިޕިންސްކީ ބުނެފި އެވެ.
ޓާރާ ލިޕިންސްކީ ވަނީ އޭނާގެ އިންސްޓާގްރާމުގައި ވެސް ރާއްޖޭގެ މަންޒަރުތައް ފެންނަ ގިނަ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ.
ޓާރާ އާއި އޭނާގެ ފިރިމީހާ ޓޮޑް ކެޕޮސްޓަސީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފާވާ އިރު އޭނާވަނީ ރާއްޖޭގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އެގޮތުން މިއީ ހަގީގަތެއް ކަން ގަބޫލުކުރަން އުނދަގޫ ކަމަށާއި، މިފަދަ ރީތި ކަމެށް ބަލާ ފޫހި ނުވާ ކަމަށް ވެސް އޭނާ އިންސްޓަގްރާމުގައި ޕޯސްޓް ކުރި ފޮޓޯތަކުގެ ކެޕްޝަނުގައި ވަނީ ހާމަކޮށްފަ އެވެ.
ޓާރާ އާއި އޭނާ ފިރިމީހާ ތިބީ ރާއްޖޭގެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ކަމަށް ޑެއިލީ މެއިލްގައި ވަނީ ހާމަކޮށްފަ އެވެ.
އުމުރުން 35 އަހަރުގެ ޓާރާ ވަރަށް ފަހުން ކައިވެރިކޮށްފައިވާ އިރު އޭނާގެ ފިރިމީހާއަކީ ފޮސް ސްޕޯޓްސްގެ ޕްރޮޑިއުސަރެކެވެ.
ފިގަރ ސްކޭޓިންގެ އޮލިމްޕިކްސް ރަން މެޑަލް ހާސިލްކޮށްވާ އިރު އޭނާ ރަން މެންޑަ ހާސިލްކޮށްފައި ވަނީ އުމުރުން އެންމެ 15އަހަރުގަ އެވެ. އެއީ 1998 ވަނަ އަހަރު އެވެ.
މިއާއެކީ އޭނާ ވެފައި ވަނީ ސިންގަލް އިންވެންޓް އަންހެނުންގެ ބައިން އެންމެ ޒުވާން އުމުރެއްގައި އޮލިމްޕިކްް މެޑަލް ހާސިލްކުރުމުގެ ޝަރަފު ވެސް ހޯދާފަ އެވެ.
ރާއްޖެ ހަނީމޫން މަންޒިލެއްގެ ގޮތުގައި މަޝްރޫހުވެފައިވާ އިރު ދުނިޔޭގެ ފާހަގަކޮށްލެވޭ ތަފާތު އެކި ދައިރާތަކުން ފާހަަގަކޮށްލެވޭ ސެލެބްރިޓީން ހަނީމޫން ހޭދަކުރުމަށް ރާއްޖެ އައުން މިހާރު ވަނީ ވަރަށް އާއްމުވެފަ އެވެ.