ކ. މާލެ
|
19 ޖެނުއަރީ 2023 | ބުރާސްފަތި 19:27
މިނިސްޓަރ ފައްޔާޒް އިސްމާއިލް
މިނިސްޓަރ ފައްޔާޒް އިސްމާއިލް
ރައީސް އޮފީސް
ޓެކްސް އާއި ލޯނު ނެގުން
ޓެކްސް ނަގަން ޖެހެނީ ސަރުކާރުތަކަށް ރައްޔިތުންގެ ހުވަފެން ތަކުގައި ކުލަ ޖައްސާ ނުދެވި އޮތުމުން: ފައްޔާޒް
 
ފައްޔާޒް ވިދާޅުވީ ދަރަނި ނަގާ ވާހަކަ ދައްކާއިރުގައި، މި ގައުމު ބަނގުރޫޓު ވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަމަށް
 
21 ވަނަ ގަރުނާއި ހިސާބަށް އައިއިރުގައި ދިވެހިންގެ އުއްމީދުތަކުގައި ކުލަ ނުޖެހުން ކަމަށް މިނިސްޓަރ ވިދާޅުވި

ޓެކްސް ނަގަން ޖެހެނީ ސަރުކާރުތަކަށް ރައްޔިތުންގެ ހުވަފެން ތަކުގައި ކުލަޖައްސާ ނުދެވި އޮތުމުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ހަނިމާދޫ އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ފައްޔާޒް ވިދާޅުވީ ޓެކްސް ނަގަން ޖެހޭ ސަބަބަކީ 21 ވަނަ ގަރުނާއި ހިސާބަށް އައިއިރުގައި ދިވެހިންގެ އުއްމީދުތަކުގައި ކުލަ ނުޖެހުން ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންވާ ސްޕީޑްގައި ކަންކަން ގެންދިއުމަށްޓަކައި ދަރަނިވެސް ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ދަރަނި ނަގާ ވާހަކަ ދައްކާއިރުގައި، މި ގައުމު ބަނގުރޫޓުވާ ވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ކަމަށެވެ. އެ ވާހަކަ އެގޮތަށް ދައްކާތާ ހަތަރު އަހަރު ވަނީ ކަމަށާ އެއީ ތެދު ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ފަދަ ބޮޑު މަޝްރޫޢުއެއް އަތޮޅުތަކުގެ ރަށެއްގައި ފަށާތީ، ބޮޑެތި ފާޑުކިޔުންތަކެއްވެސް އައިކަމަށެވެ. ޚާއްސަކޮށް އެ މަސައްކަތަކީ ލޯނު ނަގައިގެން ސަރުކާރަށް ދެކޮޅުޖެހޭނެ މަޝްރޫޢުއެއްތޯ ސުވާލުއުފައްދަމުން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއީ ކޮންމެވެސް ހިސާބަކުން ފަށަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެކަން ފުރިހަމަކުރާނީ މި ސަރުކާރުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
ކުލި ކޮންޓްރޯލްނުކޮށް، ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލުނުކުރަން: ޑްރައިވަރުން
އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން އުޅެނީ ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން: ޑްރައިވަރުން
މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އައު އަގުތައް ސަރުކާރުން ކަނޑައަޅައިފި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން: މިނިސްޓަރަށް ދަންނަވައިގެންވެސް ހައްލެއްނުވި، ވިދާޅުވަނީ މާދަމާ ވާނެކަމަށް!
އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުނަގާ ޓެކްސީ ރިޕޯޓްކުރުމަށް ކިޔުއާރު ކޯޑެއް