ކ. މާލެ
|
19 ޖެނުއަރީ 2023 | ބުރާސްފަތި 19:22
ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރ ޝާހިދު
ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރ ޝާހިދު
ހާރިޖީ ވުޒާރާ
ރާއްޖެ - އިންޑިއާ
ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
 
މި ދަތުރުފުޅުގައި ރާއްޖޭގައި ތިން މަޝްރޫއެއް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވޭ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާފައި ވަނީ ބުދަ ދުވަހުއެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވީ ބުރާސްފަތި ދުވަހުއެވެ. ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާފައި ވަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައެވެ. އަދި ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ޖައިޝަންކަރު ވަޑައިގަންނަވާފައި ވަނީ ސްރީލަންކާއަށެވެ.

ޖައި ޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހއ. އުތީމަށްވެސް ވަނީ ވަޑައިގަންނަވާފައެވެ. މީގެ އިތުރުން އެ ދަތުރުފުޅުގައި ރާއްޖޭގައި ތިން މަޝްރޫއެއް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމާއި އެމްއެންޔޫއަށް ބޭނުންވާ ފަންނީ ތަޖުރިބާ ހޯދައިދިނުމުގެ އެއްބަސްމުގެ އިތުރުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ އެއްބަސްވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް