Advertisement
ކ. މާލެ
|
30 ޖޫން 2017 | ހުކުރު 03:16
ގާނޫނީ ވަކީލު ހިސާން ހުސައިން
ގާނޫނީ ވަކީލު ހިސާން ހުސައިން
މޯލްޑިވްސް އަޕްރައިޒިންގް
ގާނޫނުތައް ބަދަލުކުރުން
ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން
ސަރުކާރުން ގާނޫނާ ހިލާފަށް ގާނޫނުތަކަށް ބަދަލުގެނައި-ހިސާން
މަޖިލީސް މެންބަރުންނަށް ގާނޫނުތައް ދިރާސާ ކުރުމަށް ފުރުސަތު ނުލިބުނު
ގާނޫނު ތަކަށް އިސްލާހު ގެނެވުނީ ސަރުކާރުގެ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވަން- ހިސާން

ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ފަޅާއަރަން ފެށުމުން ފެނިގެންދިޔައީ އެވާހަކަ ދައްކާ މީހުން ގޯސްވެ، ގާނޫނުތަކަށް ބަދަލު ގެނެސްގެން ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަންތައް ފޮރުވަން މަސައްކަތް ކުރި މަންޒަރު ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަަވަމުން ހިސާން ހުސައިން ވިދާޅުވީ، މި ސަރުކާރުން މަޖިލީހުގެ ތެރެއިން ކުރެއްވިކަމެއްގެ ގޮތުގައި ފެނިގެންދިޔައީ ގިނަ ގާނޫނުތަކެއް އަވަސް އަރުވާލާއިގެން ފާސް ކުރި މަންޒަރު ކަމަށެވެ. މިކަމަކީ މަޖިލީހުގެ ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމެއް ކަމަށާއި މީގެ ތެރޭގައި، ރައީސް ޔާމީން ޕެކްޝަނަށް ނިސްބަތްވާ މެންބަރުންވެސް ހިތްހަމަނުޖެހިވަޑައިގަތުން ފާޅު ކުރެއްވި މަންޒަރު ފެނިގެންދިޔަ ކަމަށް އޭނާ ވދިާޅުވިއެވެ.

ހިސާން ވިދާޅުވީ، މިކަމުގެ ސަބަަބުން މެންބަރުންނަށް ގާނޫނުތަކަށް ހުށަހެޅުނު އިސްލާހުތައް ދިރާސާކޮށް، ކޮމެންޓް ކުރެއްވުމަށް ފުރުސަތު ނުލިބުނު ކަމަށެވެ.

"ރައީސް ޔާމީނުގެ ފެކްޝަނުގެ މެންބަރުންގެ ޝަކުވާއެއް، މަޖިލީހަށް އަންނަ ބިލްތައް ކިއުމަށް، ނުވަތަ ކޮމެންޓް ކުރުމަށް ފުރުސަތު ނުލިބޭ ވާހަކައަކީ މެންބަރުން ކުރަމުންދާ ޝަކުވާއެއް." ހިސާން ވިދާޅުވިއެވެ.

މިބަދަލުތަކުގެ ތެރެއިން ފެނިގެންދިޔައީ، ގާނޫނު އަސާސީއާ ޚިލާފަށް ގާނޫނުތަކަށް ބަދަލުތަކެއް ގެނެވުނު މަންޒަރުކަމަށް ހިސާން ވިދާޅުވިއެވެ.

އެގޮތުން ކޯޓުތަކާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ތެރެއިން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމާއި އޮޑިޓަރ ޖެނެރަލްގެ ގާނޫނަށް ބަދަލު ގެނެސް އޭރުގެ އޮޑިޓަރ ޖެނެރަލް މަޤާމުން ވަކި ކުރެވިގެންދިޔައީވެސް ގާނޫނާ ހިލާފަށްކަން ހިސާން ފާހަގަކުރެއްވިއެވެ.

 މީގެ އިތުރުން އެއްވެ އުޅުމުގެ ގާނޫނާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު އިސްލާހަށް ގެނެވުނު ބަދަލުތަކަކީވެސް ގާނޫނު އަސާސީއާ ފުށޫއަރާ އިސްލާހުތަކެއް ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް އާއްމުން ދައްކަން ފެށުމުން ފެނިގެންދިޔައީ އެވާހަކަ ދެއްކިމީހުން ގޯސްވެ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މަސައްކަތް ކުރި މަންޒަރު ކަމަށެެވެ.

" ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރެއްވި ކަމަކީ، ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި ހިންގާ ނާޖައިޒް ކަންކަން ސަރުކާރުގެ ތެރެއިން، ފައިދާ ނަގައިގެން ހިންގާ ފައުންޑޭޝަންތަކުގެ ވާހަކަތައް، ރިޕޯޓް ވިޔަ ނުދިނުމަށް، ކަންކަން ކުރެއްވި މަންޒަރު ވަނީ ފެނިގެންގޮސްފަ" ހިސާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް