ކ. މާލެ
|
30 ޖޫން 2017 | ހުކުރު 00:38
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމް
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމް
ރާއްޖެއެމްވީ
ކާނަލް ނާޒިމް
ފިސްތޯލައިގެ ހަޤީޤަތް ހާމަކޮށްދެއްވަން އަދީބު ހުންނެވީ ތައްޔާރަށް!
ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާ ވަނީ 11 އަހަރަށް ޖަލަށް ލާފަ
އަދީބުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅި ސިޓީއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުލިބޭ
ނާޒިމްގެ ގެއިން ފެނު ފިސްތޯލައިން އަދީބްގެ ޑީއެންއޭ ފެނިފައިވޭ

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައިގެ ހަޤީޤަތް ހާމަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ވިދާޅުވެއްޖެއެވެ. 

އަދީބު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީފިޅެއްގައެވެ. 

އަދީބުގެ ފަރާތުން މިފަދަ ސީޓީއެއް ސުޕްރީމް ކޯޓަށް ހުށަހެޅިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަޤީންކޮށް ނުދިން ނަމަވެސް، އިތުބާރުހިފޭ މަސްދަރަކުން ވަނީ މިކަން ރާއްޖެޓީވީއަށް ކަށަވަރުކޮށްދީފައެވެ. އަދީބުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅި ސިޓީއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާގެ ވަކީލުންނާއި އާއިލާއިން އަދި ހިއްސާކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އަދީބުގެ ގާނޫނީ ވަކީލުންނާއި އައިލާއިން އެއްވެސް އެއްޗެއް ހާމަކޮށްފައިނުވާއިރު ރާއްޖެއެމްވީއަށް އެނގިފައިވާގޮތުގައި، ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އާއި ނާޒިމް އާއި އެއްވެސް ގުޅުމަށް ނެތް ކަމަށާއި އެ ފިސްތޯލަ އެތަނުގައި އޮތް ކަން ނާޒިމަށް އެނގިވަޑާއިނުގަންނަވާނެ ކަމަށް ސުޕްރީމް ކޯޓަށް އަދީބު ހުށަހެޅުއްވި ސިޓީގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ މިންވަރަކުން ސުޕްރީމް ކޯޓުގައި ހާމަކުރައްވާނެކަމަށް އަދީބުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ސިޓީ އަދީބުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވަނީ  މިމަހުގެ 22 ވީ ބުރާސްފަތި ދުވަހުއެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ ފެނުނު މައްސަލައާއި ގުޅިގެން އޭނާ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނިންމާ ހައިކޯޓުން ތާއީދުކޮށްފައިވާ ނިންމުމަކީ ރަގަޅު ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުގެ މަރުހަލާގައި ނާޒިމްގެ ފަރާތުން ވަނީ އެ ފިސްތޯލަ ބޭއްވި މީހާއަކީ ކާކު ކަމާއި އެކަން ކުރި ގޮތް އެނގޭނެ ހެކިން ތިބިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނާޒިމްގެ އެޕާޓްމެންޓުގައި ފިސްތޯލަ ވެއްދީ އާސިމް ނަމަކަށް ކިޔާ ފުލުހެއްކަމަށްވެސް  އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓުގައި ވަނީ ހާމަކޮށްފަ އެވެ

ނަމަވެސް އެ ޝަރީޢަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ ފިސްތޯލަ ބޭއްވި ކަމަށް ބުނާ މީހާގެ ވާހަކައަކީ ދޮގެއް ކަމަށް ބެލެވޭ ކަމަށާއި އެ މީހާގެ ވާހަކަ ތަހުގީގުއާއި، ދަށު ކޯޓާއި ހައި ކޯޓުގައިވެސް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައި ނެތް ކަމަށެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބުރައީސް އަދީބުގެ ޑީއެންއޭ ފެނުނުކަމަށް ފުލުހުން މީގެ ކުރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައެވެ.

ނާޒިމްގެ އެޕާޓުމެންޓުން ފިސްލޯތަ ފެނިފައިވަނީ ނާޒިމް ފްރޭމް ކުރުމުގެ ގޮތުން ކުރީގެ ނައިބު ރައީސް އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ރާވައިގެން ހިންގި ކަންތައްތަކަކާއި ގުޅިގެންކަން ސާބިތުކުރުމަށް އަދީބު ސުޕްރީމް ކޯޓަށް ހާޒިރު ކޮށްދޭން ނާޒިމްގެ ފަރާތުން މީގެ ކުރިން ވަނީ އެދިފައެވެ. އެހެންނަމަވެސް ދައުލަތުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ދައުލަތުން ބުނީ އަދީބު ހާޒިރުކުރަން މީގެ ކުރިން ނާޒިމްގެ ފަރާތުން އެދިފައިނުވާ ކަމަށާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ މައްސަލައިގައި އަދީބު ހާޒިރު ކުރަން ނުޖެހޭ ކަމަށެވެ.

ނާޒިމްގެ މައްސަލަ ސުޕްރީމްކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ފުލް ބެންޗުންނެވެ.

ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލަ މުރާޖާޢާކޮށްދިނުމަށް ނާޒިމްގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް މިދިއަ އަހަރުގެ ޑިސެމްބަރު މަހުގައި ވަނީ ހުށަހަޅާފައެވެ.

އެގޮތުން ނާޒިމްއަށް އިންސާފު ނުލިބިވާ ކަމަށާއި، އެ އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ އެކަމުގެ ޒިންމާ ޕީޖީ އާއި އަދި ޕީޖީގެ ދަށުން މަސައްކަތް ކުރައްވާ ފަރާތްތަކުން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމެއްކަމަށް، ނާޒިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެދުވަހު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް
30 ޖޫން 2017 | ހުކުރު 12:10
ޔާމީން
ސްޕްރީމްކޯރޓް؟؟؟؟؟؟؟؟؟ ތިޔަސިޓީޔައް އަމަލުކުރަން ޖެހޭތޯ ޖެހޭނީ ކޮންމެވެސް މީހެއްގެ ކާރިން އަހާލަން. ރައްޔިތުންގެ ވަރައް ބޮޑުއުއްމީދެއް ތިޔަ މައްސަލަ ސްޕްރީމް ކޯރޓުން އިންސާފާ އެއްގޮތައް ބައްލަވާ ދެއް ވުމަކީ.
30 ޖޫން 2017 | ހުކުރު 08:10
dhimaa 17
keeky bunaanainy dhw
30 ޖޫން 2017 | ހުކުރު 03:21
ޖާނޭ
ވަރަށް ވާހަކަ ހުންނާނެތާ؟ ދަބަރުޖަހާފަ ހުރި ބަޑިތަކުގެ ވާހަކަ ނެތްތަ؟