ކ. މާލެ
|
18 ޖެނުއަރީ 2023 | ބުދަ 20:38
ޔޫކްރެއިންގެ ވެރިރަށް ކިއެވްގެ އިރުމަތީގައި އޮންނަ ޝަހަރެއް ކަމަށްވާ ބްރޮވަރީއަށް އެގައުމުގެ ހެލިކޮޕްޓަރެއް ވެއްޓި އެތައް ބަޔަކުވަނީ މަރުވެފައި
ޔޫކްރެއިންގެ ވެރިރަށް ކިއެވްގެ އިރުމަތީގައި އޮންނަ ޝަހަރެއް ކަމަށްވާ ބްރޮވަރީއަށް އެގައުމުގެ ހެލިކޮޕްޓަރެއް ވެއްޓި އެތައް ބަޔަކުވަނީ މަރުވެފައި
ރޮއިޓަސް
ޔޫކްރެއިންގައި ހެލިކޮޕްޓަރެއް ވެއްޓުން
ޔޫކްރެއިންގައި ހެލިކޮޕްޓަރެއް ވެއްޓި މަރުވި މީހުންގެ ތެރޭގައި އިންޓީރިއާ މިނިސްޓަރުވެސް ހިމެނޭ
22 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭ
މަރުވެފައިވާ މީހުންގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނޭ
ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރާއި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި މިނިސްޓްރީގެ ސްޓޭޓް ސެކްރެޓަރީ ވަނީ މިހާދިސާގައި މަރުވެފައި

ޔޫކްރެއިންގެ ވެރިރަށް ކިއެވްގެ އިރުމަތީގައި އޮންނަ ޝަހަރެއް ކަމަށްވާ ބްރޮވަރީއަށް އެގައުމުގެ ހެލިކޮޕްޓަރެއް ވެއްޓި އެތައް ބަޔެއްގެ ފުރާނަ ގެއްލިޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ބުދަ ދުވަހު ވެއްޓުނު ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ބްރޮވަރީގެ ކިންޑަގާޑަނެެއްގެ ކައިރިއަށެވެ.

ޔޫކްރެއިންގެ ޕޮލިސް ޗީފްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން މިހާދިސާގައި 16 މީހުން ވަނީ މަރުވެފައެވެ. އަދި މި މީހުންގެ ތެރޭގައި އެގައުމުގެ އިންޓީރިއާ މިނިސްޓަރު ޑެނީސް މޮނަސްޓިރްސްކީ އާއި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔެވްހެނީ ޔެނިން އަދި މިނިސްޓްރީގެ ސްޓޭޓް ސެކްރެޓަރީ ހިމެނިވަޑައިގަންނަވާކަމަށް ޕޮލިސް ޗީފް ވަނީ މައުލޫމާތުދެއްވާފައެވެ.

ޕޮލިސް ޗީފް ވަނީ މަރުވެފައިވާ މީހުންގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނޭކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން 22 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުން ކިންޑަގާޑްން އެއް ގައި ރޯވެފައިވާއިރު، އެވަގުތު އެއިމާރާތުގައި ޓީޗަރުންނާއި ކުޑަކުދިން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ރޯވި އަލިފާންގަނޑުގެ ސަބަބުން އެ އިމާރާތުގެ އެއްފަޅި ވަނީ އެއްކޮށް އަނދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް