ކ. މާލެ
|
17 ޖެނުއަރީ 2023 | އަންގާރަ 14:28
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ހޯމް މިނިސްޓްރީ
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް
ޕޮލިސް ކޮންފަރެންސްގެ ބޭނުމަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ޚިދުމަތެއް ފޯރުކޮށްދޭ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެދުން - އިމްރާން
ފުލުހުންގެ އައު ގާނޫނު ވުޖޫދު ކުރެވުމާ ގުޅިގެން އެކުލަވާލެވުނު ޕޮލިސް ބޯޑުން ގިނަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވޭ
ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޔުނިވަރސިޓީ، ކޮލެޖް، މަދަނީ ޖަމުއިއްޔާތައް ހިމެނޭހެން އަމިއްލަ ފަރާތްތަކުގެ ކަރުދާސްތައް ހުށަހަޅައި މަޝްވަރާކުރެވޭނެ

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ މަގުސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ޚިދުމަތެއް ފޯރުކޮށްދޭ ހިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެދުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕޮލިސް ބޯޑާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސެއް ބާއްވަން ހަމަޖައްސައި އެ ކޮންފަރެންސާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ އައު ގާނޫނު ވުޖޫދު ކުރެވުމާ ގުޅިގެން އެކުލަވާލެވުނު ޕޮލިސް ބޯޑުން ގިނަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާކަމަށެވެ.

އެގޮތުން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ރައްޔިތުން ހިމެނޭހެން އަދި ރައްޔިތުން ބައިވެރިވެގެން ހިޔާލު ހުށަހެޅިގެން ފުލުހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތަކާ ގުޅޭގޮތުން ޕޮލިސް ބޯޑުގައި މަޝްވަރާކުރެވި، ޕޮލިސް ރީސަރޗް އެންޑް އިނޮވޭޝަންގެ ނަމުގައި ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިގެން ދިޔަކަމަށް ވިދާޅުވިއެވެ. އަދި މި ކޮންފަރެންސް ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މި އަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މާރިޗު މަހުގެ 18 އިން 20 އަށް ކަމުގައި ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ އެންމެ މުހިންމު އެއް މަގުސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ޚިދުމަތެއް ފޯރުކޮށްދޭ ހިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެދުން. މި ކޮންފަރެންސްގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޔުނިވަރސިޓީ، ކޮލެޖް، މަދަނީ ޖަމުއިއްޔާތައް ހިމެނޭހެން އަމިއްލަ ފަރާތްތަކުގެ ކަރުދާސްތައް ހުށަހަޅައި މަޝްވަރާކުރެވި، ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް މަސައްކަތްކުރުމަކީ މި ކޮންފަރެންސްގެ މަގުސަދެއް. މި ކޮންފަރެންސް ވެގެންދާނީ ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭފަދަ، ރައްޔިތުން ބޭނުންވާ ފަދަ ޚިދުމަތަކަށް ހެދުމަށްޓަކައި ރައްޔިތުންގެ ފަރާތުން ހިޔާލު ހުށަހެޅުމަށް އެންމެ ތަނަވަސްކޮށް ފުރުސަތު ލިބިގެންދާނެ ފޯރަމަކަށް ވެންގެންދާނެ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޕޮލިސް ބޯޑުގެ ޗެއަރމަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ފަސީހު ވިދާޅުވީ ތަހުޒީބު މުޖުތަމައުތަކުގައި އަބަދުވެސް ކަންކަން ނިންމަނީ އިލްމީ މީހުން ބައިވެރިކޮށްގެންކަމަށާއި މި ފަށާ ކޮންފަރެންސަކީ ވަރަށް އެކަށީގެންވާ ނަތީޖާއެއް ލިބިގެންދާނެ ކޮންފަރެންސަކަށް ވެގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މި ކޮންފަރެންސަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ޚިދުމަތެއް ފޯރުކޮށްދޭ ހިދުމަތަކަށް ފުލުހުންގެ ހިދުމަތް ހެދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކޮންފަރެންސެއް. މި ކޮންފަރެންސްގައި ގާނޫނު ތަންފީޒްކުރާ އިދާރާތަކާއި ޔުނިވަރސިޓީ، ކޮލެޖްތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭހެން އަދި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ. މި ކޮންފަރެންސްގައި ޒަމާނީ ވަސީލަތްތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވޭނެ. މަދަނީ ޖަމުއިއްޔާތަކާއި ސަލަމާތާއި ރައްކާތެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ސިނާއަތުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރުންގެ މެދުގައި ގުޅުން ބަދަހިކުރުމަކީވެސް މި ކޮންފަރެންސްގެ މަގުސަދެއް
ޕޮލިސް ބޯޑުގެ ޗެއަރމަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ފަސީހު

މި ކޮންފަރެންސްގައި 10 ދާއިރާއަކުން ރީސަރޗް ކަރުދާސްތައް ހުށަހެޅިގެން ދާނެއެވެ. އެ ދާއިރާތަކަކީ ކްރައިމް ޕްރިވެންޝަން، ނޭޝަނަލް ސެކިއުރިޓީ އެންޑް ކައުންޓަރ ޓެރަރިޒަމް، ފައިނޭންޝަލް ކްރައިމް އެންޑް އެންޓި މަނީ ލޯންޑަރިންގ، ފޮރެންސިކް ސައިންސް، ލިޑަރޝިޕް، އޮގަނައިޒޭޝަނަލް ރެސިލެންސް އެންޑް އޮފިސަރ ވެލްބީންގ، އެފިސެންސީ އެންޑް އިފެކްޓިވްނެސް، މެރިޓައިމް ޕޮލިސިންގ، ރޯޑް ސޭފްޓީ، އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ، ސައިބަރ ކްރައިމްއެވެ.

މި ކޮންފަރެންސަށް ރީސަރޗް ކަރުދާސްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީތަކުންނާއި ކޮލެޖުތަކުންނާއި ރީސަރޖް މަސައްކަތްކުރާ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުންނާއި ފުލުހުން ހިމެނޭގޮތަށެވެ. އެގޮތުން މި ކަރުދާސްތައް ހުށަހެޅި، ހުސްކުރެވި ކޮންފަރެންސްގައި މަޝްވަރާކޮށް ރިޕޯޓެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށާއި މި ކޮންފަރެންސަކީ ވަރަށް ފައިދާކުރުވަނިވި ކޮންފަރެންސަކަށް ވެގެންދާނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް