Advertisement
ކ. މާލެ
|
17 ޖެނުއަރީ 2023 | އަންގާރަ 11:57
އާރްޓީއެލް މިނީ ބަސް
އާރްޓީއެލް މިނީ ބަސް
ރާއްޖެއެމްވީ
އެމްޓީސީސީ ބަސް ޑްރައިވަރުން
އެމްޓީސީސީއަށް ބަސް ޑްރައިވަރުން ހޯދަނީ
ބުދަ ދުވަހުގެ ހަވީރު ހެންވޭރު ފެރީ ޓާމިނަލްގައި ވޯކް-އިން އިންޓަރވިއުތައް ކުރިއަށް ގެންދެވޭނެ
ބަސް ޑްރައިވަރެއްގެ މުސާރައަކީ 12000 އާއި 18000 އާ ދެމެދުގެ އަދަދެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބަސް ޑްރައިވަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެމްޓިސީސީން ބުނީ، ބަސް ޑްރައިވަރުން ހޯދުމަށްޓަކައި ބުދަ ދުވަހުގެ ހަވީރު ހެންވޭރު ފެރީ ޓާމިނަލްގައި ވޯކް-އިން އިންޓަރވިއުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އިންޓަރވިއު ކުރިއަށްދާނީ ބުދަ ދުވަހުގެ ހަވީރު 16:00ން 18:00ށް ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ކޮންމެ މީހަކަށްވެސް ވަގުތުން އިންޓަރވިއުގައި ބައިވެރިވެވޭނެއެވެ.

ބަސް ޑްރައިވަރެއްގެ މުސާރައަކީ 12000 އާއި 18000 އާ ދެމެދުގެ އަދަދެއްކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement

އޭގެ އިތުރުންވެސް މެޑިކަލް އިންޝުއަރެންސްއާއި ތަމްރީނުގެ އެކި ފުރުސަތުތަކާއި، ކުރިއަށް ދިއުމަށްޓަކައި ބޭނުންވާ ފުރުސަތުތައް އެމްޓީސީސީން ފަހިކޮށްދޭނެއެވެ.

ވޯކްއިން އިންޓަރވިއުއަށް އަންނަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ބީ2 ކެޓެގަރީގެ ލައިސަންސް ގެންނަން ޖެހެއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި 2018 ވަނަ އަހަރުން ފެށިގެން ބަހުގެ ޚިދުމަތް ދެމުން އައިސްފައިނީ އެމްޕީއެލުންނެވެ. އެހެންނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ ޚިދުމަތް މާލެ ސަރަހައްދުގައި ދެމުން ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން މި ޚިދުމަތް ފޯރުކޮށްދިނުމުގެ އަމާޒަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި ޚިދުމަތް ފުޅާކޮށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ގެންދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް