ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 19:54
ބަޔާންގެ ރައީސް އުލީ ހޮއެނެސް
ބަޔާންގެ ރައީސް އުލީ ހޮއެނެސް
ރޮއިޓަރސް
ބަޔާން މިއުނިކް
ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ: ބަޔާންގެ ރައީސް
އުމުރުން 29 އަދި 30 އަހަރުގެ ކުޅުންތެރިން ބޭނުމެއް ނޫން
އުމުރުން 20 އަދި 22 އަހަރުގެ ކުޅުންތެރިން ބޭނުން

ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ ކަމަށް ބަޔާންގެ ރައީސް އުލީ ހޮއެނެސް ވިދާޅުވެއްޖެއެވެ.

ކިކާ އަށް ދިން އިންޓަވިއުއެއްގައި ހޮއެނެސް ވިދާޅުވީ، ހުރިހާ އެންމެންވެސް ބުނަމުން އަންނަ ބަދަލުތަކާ ބެހޭގޮތުން ވާހަކަދައްކަމުން ކަމަށާއި، އެޓީމުން މިހާރު އަންނަނީ 20 އަހަރާއި 22 އަހަރާ ދެމެދުގެ ކުޅުންތެރިން ޓީމަށް ގެންނަމުން ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން އެކަމާ ފާޑުކިޔަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަންޗޭޒްއަށް ބަޔާން އިން ޝައުގުވެރިވާކަމަށް ފެތުރެމުންދާ ރިޕޯޓްތަކަށް އަލިއަޅުވާލަމުން ހޮއެނެސް ވިދާޅުވީ، އުމުރުން 29 އަހަރު އަދި 30 އަހަރުގެ ކުޅުންތެރިން 100 މިލިއަން ޔޫރޯ ދީގެން ޓީމަށް ގެނައުމުން ޓީމެއް ބިނާ ނުކުރެވޭނެ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، ޒުވާން ކުޅުންތެރިންތައް ޓީމަށް ގެނައުމުން އެ ކުޅުންތެރިންނަށް ކުޅެން ލިބޭ ފުރުސަތުވެސް އިތުރުވެގެންދާނެ ކަމަށާއި، އެއީ ޓީމެއް ބިނާކުރަން އެންމެ ފަސޭހަގޮތް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ތަށި ހޯދަން ބޭނުންނަމަ ފައިސާ ހަރަދުކޮށް ކުޅުންތެރިން ޓީމަށް ގެންނަންޖެހޭ ކަމަށާއި، އެކަމަށްވެސް ކްލަބުން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް ހޮއެނެސް ވަނީ ވިދާޅުވެފައެވެ.

ބަޔާން އިން ސަންޗޭޒް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު، މޮނާކޯ އަށް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ އެމްބަޕޭ ހޯދުމަށްވެސް އެ ކްލަބުން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައްބުނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް