ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 19:49
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ހައިކޯޓަށް ފަނޑިޔާރަކު ހޯދުން
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
 
އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ވަނީ ލާޒިމުކޮށްފައި
 
30 ޖެނުއަރީގެ ކުރިން މި މަގާމަށް ކުރިމަތިލެވޭނެ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ހޯމަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ހައިކޯޓަށް ފަނޑިޔާރަކު ބޭނުންވާ ކަމަށާއި، އެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ޖެނުއަރީ 2023 ގެ 12:00 ގެ ކުރިން ހުށަހެޅޭނެ ކަމަށެވެ.

މި މަޤާމަށް އެދި ހުށަހަޅާނީ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށްކަމަށް ޖޭއެސްސީން ބުނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ފަރާތްތައް މަގާމަށް ހޮވުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށް ޖޭއެސްސީން ބުނެއެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަނޑިޔާރުން އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ވަނީ ލާޒިމުކޮށްފައެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5(ފަހެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. އޭގެ އިތުރުން ލިވިންގ އެލަވަންސް ގޮތުގައި މަހަކު 15،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ރިސްކް އެލަވަންސް ގޮތުގައި މަހަކު 3300 ރުފިޔާ އަދި މެޑިކަލް އެލަވަންސްއާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް