ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 14:32
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް
ޕްލޭނިން މިނިސްޓްރީ
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފި
މި މަޖިލިސް އެކުލެވިގެންވަނީ 3 ފަނޑިޔާރުންގެ މައްޗަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންވެސް ހިމެނޭ

2023 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފިއެވެ.

ހޯމަ ދުވަހު ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ، 2023 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މި މަޖިލީހަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 2-33 ވަނަ މާއްދާގެ (ވ) އިން ޑީޖޭއޭއަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ޑީޖޭއޭއިން މައުލޫމާތު ދޭ ގޮތުގައި މި މަޖިލިސް އެކުލެވިގެންވަނީ 3 ފަނޑިޔާރުންގެ މައްޗަށެވެ.

އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، އަދި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެކެވެ.

މި އަހަރުގެ މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އަދި ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަރީފްއެވެ. 

ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު  މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށެވެ. 

2022 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ތިއްބެވި ފަނޑިޔާރުން ކޮށްދެއްވި އިޙްލާސްތެރި ޚިދުމަތަށް ޑީޖޭއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މިދިޔަ އަހަރުގެ މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރަޢޫފު އިބްރާހީމް އަދި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙްތާޒް ފަހްމީއެވެ. 

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅޭ މައްސަލަތަކާއި މެދު ނިންމާ ގޮތުގެ ރިޕޯޓު އެ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ޝާޢިޢުކުރެވޭނެއެވެ. 

- ކޮމެންޓް