ބަރުދަނުގައި ނުވަ ކިލޯ ހުރި ދިރިހުރި އިއްސެއް މީހެއްގެ ލަގެޖްގައި އޮއްވާ އެއަރޕޯޓުން އަތުލައިފިއެވެ.
އެމެރިކާގެ ބޮސްޓަން ލޮގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓްރާންސްޕޮޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން ހާމަކުރި ގޮތުގައި މިދިޔަ އާދީއްތަ ދުވަހު އެއާޕޯޓްގެ ތެރެއިން ޕަސެންޖަރެއްގެ ލަގެޖަކުން 20 ޕައުންޑް ނުވަތަ ނުވަ ކިލޯގެ ބަރުދަން ހުރި ދިރިއޮތް އިއްސެއް ފެނިފައިވާ ކަމަށެވެ.
ޓީއެސްއޭގެ ތަރުޖަމާން މައިކަލް އެމްސީ ކަރތީ ބުނީ މިހާތަނަށް އޭނާއަށް ފެނުނު އެންމެބޮޑު އެ އިހި ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހު ޗެކްކޮށްފައިވާ ލަގެޖް ތަކުގެ ތެރެއިން ލަގެޖަކުން ކަމަށެވެ.
ޓީއެސްއޭގެ ވެބްސައިޓްގައި ބުނެފައިވަނީ ދިރޭ އިހި އުފުލާނަމަ އުފުލޭނީ ބޭރަށް ފައިބައިގެން ނުދާފަދަ އެތެރެފެންނަ ޕްލާސްޓިކް ބަންދު ކުރެވޭގޮތައް ހުންނަ އެއްޗެއްގައި ކަމަށެވެ.
ކަރތީ ބުނީ ލަގެޖް ތެރެއިން ފެނުނު އިހި އުފުލާފައިވަނީ ކޫލަރެއްގެ ތެރޭގައި ކަމަށާއި އެ އިހި އޮތްކަމަށް ޝައްކު ކުރެވިގެން ޗެކްކުރުމުގެ ތެރޭގައި ވަރަށް ބޮޑު އެއްބާރު ލުމެއް އޭގެ ވެރިފަރާތުން ދީފައިވާ ކަމަށެވެ.
އޭނާ ވަނީ އެ އިއްސާއެއްކޮށް ނަގާފައިވާ ފޮޓޯއެއް މީޑިޔާއަށް ދައްކާލާފައެވެ.