Advertisement
ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 08:31
ރައީސް އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރައީސް އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން
ރާއްޖެއެމްވީ
ދެކުނުގެ މަސް ފެކްޓްރީތައް
ދެކުނުގެ މަސް ފެކްޓްރީތައް ވީހާވެސް އަވަހަށް ހުޅުވާ ހިދުމަތް ދޭނަން - ރައީސް
ސަރުކާރުން މިއަދު މަސްވެރިކަމުގެ ދާއިރާގައި އެސިނާއަތުގައި ކުރަމުންގެންދާ މަސައްކަތަކީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް

ހުވަދޫގައާއި އައްޑޫގައި ހުރި މަސްފެކްޓްރީ ވީހާވެސް އަވަހަކަށް ބޭނުންކުރެވޭ ގޮތްހަދާ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ވަޑައިގެން ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވެ. ރައީސް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، އެކަންކަން ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މަސްވެރިން ބާކީ ނުކުރައްވާނެކަން ތަކުރާރުކުރައްވާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިއަދު މަސްވެރިކަމުގެ ދާއިރާގައި އެސިނާއަތުގައި ކުރަމުންގެންދާ މަސައްކަތަކީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ މަސްވެރިންނަށް މިއަށްވުރެ ރަނގަޅުގޮތްތައް ހޯދައިދެއްވަން ކަމަމަށާއި، އޭގެ ބޭނުމުގައި ހުވަދޫގައާއި އައްޑޫގައި ހުރި މަސްފެކްޓްރީ ވީހާވެސް އަވަހަކަށް ބޭނުންކުރެވޭ ގޮތްހަދާ މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބޭނެ ގޮތް ހައްދަވާދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

މަސްވެރިން ބާނާ މަސް ގަތުމަށް ކޫއްޑޫގެ އިތުރުން އެހެނިހެން ތަންތަނުގެ ކެޕޭސިޓީ އަންނަނީ އިތުރުކުރަމުންނެވެ. އެގޮތުން ކޫއްޑޫގެ މިހާރުހުރި ބްރައިން ފްރީޒިންގ ކެޕޭސިޓީ 120 ޓަނަށް އިތުރުކުރުކޮށް، 1250 މެޓްރިކް ޓަން ރައްކާކުރެވޭ ރީފަރ ކޮންޓެއިނަރ ޔާޑެއް ކޫއްޑޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މިހާރު ކޫއްޑޫގައި ހުރި ބްރައިން ފްރީޒިންގގެ އެފިޝަންސީ އިތުރުކޮށް، އިތުރު 60 ޓަނާއި 80 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ރައްކާކުރެވޭގޮތް މިހާރުވަނީ ހެދިފައެވެ. އޭގެއިތުރުން، ތިނަދޫގައި ޤާއިމުކުރާ 120 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގ އާއި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ޖަނަވަރީ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް