ކ. މާލެ
|
29 ޖޫން 2017 | ބުރާސްފަތި 16:13
އައިއެސް ޖަމާއަތުގެ ޚަލީފާކަމަށް ދައުވާ ކުރާ އަބޫ ބަކުރު އަލް ބަޣްދާދީ: މިހާރު މޫސަލް ދޫކޮށް ފިލާފައިވާ ކަަމަށް އިރާގުން ބުނޭ
އައިއެސް ޖަމާއަތުގެ ޚަލީފާކަމަށް ދައުވާ ކުރާ އަބޫ ބަކުރު އަލް ބަޣްދާދީ: މިހާރު މޫސަލް ދޫކޮށް ފިލާފައިވާ ކަަމަށް އިރާގުން ބުނޭ
ޓްވިޓަރ
އައިއެސް ހަނގުރާމަ
މޫސަލްގެ ނޫރީ މިސްކިތް ހިފާ، އައިއެސް ބަލިކުރެވިއްޖެކަމަށް އިރާގުން ބުނެފި
އަލް ނޫރީ މިސްކިތަކީ މީގެ ތިން އަހަރު ކުރިން ޚިލާފަތު އިއުލާން ކުރި މިސްކިތް
ޚަލީފާކަމަށް ދައުވާކުރާ އަބޫ ބަކުރު އަލް ބަޣްދާދީ މޫސަލްއިން ފިލާފައިވާކަމަށް އިރާގާއި އެމެރިކާއިން ބުނޭ
އައިއެސް އިން ޚިލާފަތު އިއުލާންކޮށްފައިވަނީ 29 ޖޫން 2014ގައި

އިރާގުގެ މޫސަލްގެ އަލް ނޫރީ މިސްކިތް އެގައުމުގެ އަސްކަރިއްޔާއިން ހިފައި، އިސްލާމިކް ސްޓޭޓް ޖަމާއަތް ބަލި ކުރެވިފައިވާ ކަަމަށް ބުނެފިއެވެ.

އިރާގު އަސްކަރިއްޔާގެ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ވައްހާބް އަލް ސާދީ ވިދާޅުވީ އަސްކަރިއްޔާގެ ހާއްސަ ޓީީމަކުން މިސްކިތުގެ ސަރަހައްދަށް ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަދެފައިވާ ކަމަށާއި މިސްކިތުގެ ކޮންޓްރޯލް އެއްކޮށް މިހާރު ނަގާފައިވާ ކަމަށެވެ.

އަލް ނޫރީ މިސްކިތަކީ މީގެ ތިން އަހަރު ކުރިން. 29 ޖޫން 2014 ގައި، އިރާގާއި ސީރިޔާގައި ޚިލާފަތެެއް އިއުލާންކޮށް، އިސްލާމިކް ސްޓޭޓް ދައުލަތެެއްގެ ގޮތުގައި އަބޫ ބަކުރު އަލް ބަޣްދާދީ އިއުލާންކުރި ތަނެވެ. މި މިސްކިތުގައި ޚިލާފަތު އިއުލާންކުރި އިރު، ޚިލާފަތުގެ ވެރިއެއްގެ ގޮތުގައި ބަޣްދާދީ ވަނީ އަމިއްލައަށް އައްޔަންވެފައެވެެ.

އިރާގުގެ އަސްކަރިއްޔާ އިން މޫސަލް ހިފުމުގެ އޮޕަރޭޝަން ފެށުމާ ގުޅިގެން، ބަޣްދާދީ މޫސަލް ދޫކޮށްފައިވާ ކަމަށާއި އޭނާ ވަނީ އިރާގާއި ސީރިޔާގެ ބޯޑަރު ސަރަހައްދުގައި ފިލާ ކަމަށްވެސް އިރާގާއި އެމެރިކާގެ ސިފައިން ވަނީ ބުނެފައެވެ.

އައިއެސް ޖަމާއަތުން 2014 ވަނަ އަހަރު އިރާގާއި ސީރިޔާގައި ޚިލާފަތެއް އިއުލާންކުރި އިރު، ޚިލާފަތާ ގުޅުމަށް މުސްލިމުންނަށް ގޮވާލާފައިވެއެވެ. އެ ޖަމާއަތުގެ ގޮވާލުމަށް ގިނަ ބަޔަކު ވަނީ އިޖާބަދީ، އިރާގާއި ސީރިޔާއަށް ހިޖުރަކޮށްފައިވެއެވެ. މީގެ ތެރޭގައި ބައެއް ދިވެހިންވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް