ކ. މާލެ
|
14 ޖެނުއަރީ 2023 | ހޮނިހިރު 06:15
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރާއްޖެއެމްވީ
ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން
"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި
ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެންގައި ދެ ބެޗެއް ބޭއްވުމަށް ހަމަޖެހިފައިވޭ
ރަޖިސްޓްރީކުރުމުގެ ސުންގަނޑިއަކީ 22 ޖެނުއަރީ

"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ގޮތް ނިންމުމުގެ ކަންކަމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން އިތުރު ކޮށް އެކަމަށް ބޭނުންވާ ތަމްރީނާ ހުނަރު އަންހެނުންނަށް ހޯދާ ދިނުމަށް ޔޫއެންޑީޕީ މޯލްޑިވްސް އާއި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީއާއެކު ހިންގާ ޕްރޮގްރާމް އެކެވެ.

މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެންގެ ދެ ބެޗެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މި ދެ ބެޗްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ފުރަތަމަ ބެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ފެބްރުއަރީން 18 ފެބްރުއަރީއަށެވެ. ދެވަނަ ބެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 26ން މަރޗް 4އަށެވެ.

މި ދެ ޕްރޮގްރާމްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. ރަޖިސްޓްރީކުރުމުގެ ސުންގަނޑިއަކީ 22 ޖެނުއަރީއެވެ. މިޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 25 އަހަރުން މަތީގެ ދިވެހި އަންހެނަކަށެވެ. އަދި އެއީ ރާއްޖޭގައި ދިރިއުޅޭ މީހަކަށް ވާންޖެހޭއިރު އިވެންޓްގެ ހުރިހާ ދުވަހެއްގައި ހުރިހާ ސެޝަންތަކުގައި ބައިވެރިވާންޖެހޭނެއެވެ. އަދި މި ޕްރޮގްރާމްގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްކަކަށް ޖާގަ ކަނޑައެޅިފައިވެއެވެ.

2021 ވަނަ އަހަރާއި 2022 ވަނަ އަހަރު މި ޕްރޮގްރާމް ސީރީޒްގެ 5 ޕްރޮގްރާމެއް ބާއްވާފައިވެއެވެ. ވޭތުވެދިޔަ ޕްރޮގްރާމްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 116 އަންހެނުން ބައިވެރިވެފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ 21 މީހަކު ބައިވެރިވެފައިވެއެވެ.

ޕްރެކްޓިސް ޕާލަމެންޓް ސީރީޒްގައި މަދަނީ ތައުލީމުގެ މުހިންމު ބައިތަކާއި ރައްޔިތުންގެ މަޖިލީހުގެ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެއެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންގެ މެދުގައި މަޖިލީޙުގެ ޖަލްސާއެއްގެ ނަމޫނާ މާދިރީއެއް ބާއްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް