ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 13:26
ހުތުބާ
ހުތުބާ
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ރަނގަޅު ޖީލެއް ބިނާކުރުމަށް ތުއްތު ކުދިންނަށް ގުރުއާނުގެ މަތިވެރި އިލްމު އުނގަންނައިދިނުން މުހިންމު
މުސްލިމުންނަށް ކުރިއެރުން ލިބުނީ ހަރުދަނާ އަގީދާއާއި ވަރުގަދަ އިލްމީ ބިންގަލެއްގެ ސަބަބުން
ތައުލީމާއި ތަރުބިއްޔަތުގައި ގުރުއާނުގެ މަންހަޖަށް ރުޖޫއަވާންޖެހޭ
ގުރުއާނުގެ އާޔަތްތަކުގައިވާ އިލްމީ ހަގީގަތްތައް ކުދިންނަށް ކިޔައިދޭންޖެހޭ

އިލްމާއި އަޚުލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ގުރުއާނުގެ މަތިވެރި އިލްމާއި، އޭގައިވާ މަތިވެރި އަގީދާ ޅަދަރިންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިލްމީ އަޚުލާގީ ޖީލެއް ބިނާކުރުމުގައި ކީރިތި ގުރުއާނުގެ ދައުރާ ގުޅޭގޮތުން އިއްވި ހުކުރު ޚުތުބާގައި ވަނީ އިސްލާމް ދީނަކީ އިލްމީ ގާބިލުކަމެއްނެތް ބޯދާ ދީނެއްކަމަށްކުރެވޭ ހީއަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ބުނެފައެވެ. އަދި ހަގީގަތުގައި އިލްމާއި ތަހުޒީބާއި ތަމައްދުނުގެ ރޮނގުން ހުޅަނގުގެ ގައުމުތަކަށް ލިބުނު ހުރިހާ މޮޅަކާއި ޝަރަފެއް ރައްދުވާ ބަޔަކީ މުސްލިމް އިލްމުވެރިން ކަމަށް ބުނެފައިވެއެވެ. މި ކުރިއެރުން މުސްލިމުންނަށް ލިބުނީ ހަރުދަނާ އަގީދާއާއި ވަރުގަދަ އިލްމީ ބިންގަލެއްގެ މަތީގައި މުސްލިމުންގެ ޖީލުތައް ތަރުބިއްޔަތު ކުރެވުމުން ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން އިލްމާއި އަޚްލާގުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތުގައި ގުރުއާނުގެ މަންހަޖަށް ރުޖޫއަވެެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެ މަންހަޖަކީ ވިސްނައި ފިކުރުމުގެ މަންހަޖު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކީރިތި ގުރުއާނަށް ފުންކޮށް ނަޒަރުހިންގުމުން ދޭހަވަނީ، ﷲ ތައާލާ މަޢުރިފާކޮށް ދެނެގަތުމުގައި އޮތް އެންމެ ފުރިހަމަ މަންހަޖަކީ ވިސްނައި ފިކުރުކުމުގެ މަންހަޖުކަން
ހުކުރު ޚުތުބާ

އިލްމާއި އަޚުލާގުގެ މަތީގައި އައު ޖީލެއް ބިނާކުރަން ބޭނުންނަމަ ކުރަންވީ ކަމަކީ ކީރިތި ގުރުއާނުގައިވާ މަތިވެރި އަގީދާއާއި އެ ގުރުއާނުގައިވާ މަތިވެރި އިލްމު ޅަދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެކަން ކޮށްނުދެވިއްޖެނަމަ އެއް ދުވަހުން އަނެއް ދުވަހަށް ގައުމު ދާނީ ނިކަމެތިވެ ދަށު ދަރަޖައަށް ވެއްޓެމުން ކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އިލްމާއި އަޚްލާގުގެ މަތީގައި ރަނގަޅު ޖީލެއް ބިނާކުރުމަށް ކީރިތި ގުރުއާނުގެ އާޔަތްތަކުގެ މާނަ ބޭރުފުށުން ކިޔަވައިދިނުމުގެ ބަދަލުގައި އެ އާޔަތްތަކުގައިވާ އިލްމީ ހަގީގަތްތަކުގެ މަތީގައި އީމާންކަމުގެ ބިންގާ ހަރުދަނާ ކޮށްދެވިގެންކަން ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް