ޗައިނާގެ ރައީސް ޝީ ޖިންޕިިން ހޮން ކޮންގް އަށް ވަޑައިގެންފިއެވެ.
ޝީ ޖިންޕިން ހޮން ކޮންްގް އަށް ވަޑައިގެންނެވީ އިނގިރޭސި ވިލާތުން ޗައިނާ އަށް ހޮން ކޮންގް ހަވާލު ކުރިތާ 20 އަހަރު ފުރުން ފާހަގަކުރާ މުނާސަބާގައި ބައިވެރިވުމަށްޓަކައެވެ.
ރައީސް ޝީ 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތް ފަހުން ހޮން ކޮންގް އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅާ ދިމާކޮށް ބޮޑެތި މުޒާހަރާތަކެއް ވަނީ ރާވާފައެވެ. އެއީ ޑިމޮކްރެސީ އަށް ތާއިދު ކުރާ ފަރާތްތަކުން ބާއްވާ މުޒާހަރާތަކާއި އަދި ޗައިނާ އަށް ތާއިދު ކުރާ ފަރާތްތަކުން ބާއްވާ މުޒާހަރާތަކެެވެ.
ރައީސް ޝީގެ ދަތުރުފުޅާ ދިމާކޮށް ގިނަ މަޝްހޫރު އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފައެވެ.
ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންނެވީ ތިން ދުވަހުގެ ދަތުރުފުޅެއްގައި އެމަނިކުފާނުގެ އަނބިކަނބަލުންނާ އެކުގައެވެ.
ހޮން ކޮންގް އަށް ވަޑައިގެން އެއާޕޯޓުގައި ޝީ ދެއްވި ކުރު ތަގުރީރެއްގައި ވިދާޅުވީ "ހޮން ކޮންގްއަކީ އަބަދުވެސް ހިތުގައި" ވާ ތަނެއް ކަމަށެވެ. އަދި ޗައިނާގެ މައި ސަރުކާރުން އަބަދުވެސް ހޮން ކޮންގްއާ އެކީ ވާނެ ކަމަށާއި އަބަދުވެސް ހޮން ކޮންގްގެ އިގްތިސާދީ ކުރިއެރުމަށާއި އަދި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝީ ވިދާޅުވިއެވެ.
އިނގިރޭސި ވިލާތުން ޗައިނާ އާއި ހޮން ކޮންގް ހަވާލުކުރީ 1997 ގައެވެ.
.